ފުލުހުން ނޫސްކޮންފަރެންސްގައި މައުލޫމާތި ދެއްވަނީ
ފުލުހުން ނޫސްކޮންފަރެންސްގައި މައުލޫމާތި ދެއްވަނީ
ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކޮށްފައިވާ ހުއްދައިގެ ވަގުތުތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނަސްފިއެވެ.

ފުލުހުންގެ ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ގެއަށް ބޭނުންވާ ޒަރޫރީ އެއްޗެހި ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ދޫކޮށްފައިވާ ހުއްދަތައް ރިވިއުކޮށް، އަލުން ފޮނުވާނެ ކަމަށެވެ.

މާލެއިން ކޯވިޑް-19 ފެނި، ކުއްލި ގޮތަކަށް މާލެ ލޮކްޑައުން ކުރުމާއެކު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގިނަ ބަޔަކަށް ވަނީ ދަތިވެފައެވެ. އަދި ޑެލިވަރީ ކުރުމަށް ބައެއް ދަތިތައް ހުރުމުން، ފުލުހުން ދޫކުރާ ވަކި ހާއްސަ ހުއްދައެއް ނަގައިގެން ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

މަ

26-Apr-2020

އެއްޗެހި ގަންނަން މަށަށް ދީފަ އޮތް ގަޑިއަކީ ރޭގަނޑު 11 އިން 12 އަށް. ކީކޭ ބުނާނީ??



ޓްރެންޑިން