މާޝާ މިދުހަތު   8 ފެބްރުއަރީ 2021 - 17:48
ދަނގަޑުގެ ބާވަތެއް ކަމަށްވާ ކޮޕަރ ގައި ވައިރަހާއި ބެކްޓީރިއާ ފަދަ ތަކެތި ނައްތާލުމަށް އެންޓިމައިކްރޮބިއަލް ޕްރޮޕަޓީތަކެއް އެކުލެވިގެންވޭ.
ދަނގަޑުގެ ބާވަތެއް ކަމަށްވާ ކޮޕަރ ގައި ވައިރަހާއި ބެކްޓީރިއާ ފަދަ ތަކެތި ނައްތާލުމަށް އެންޓިމައިކްރޮބިއަލް ޕްރޮޕަޓީތަކެއް އެކުލެވިގެންވޭ.
ކޮވިޑުން ރައްކާތެރިވުމަށް ދަނގަޑުގެ ބާވަތެއް ކަމަށްވާ ކޮޕަރ ބޭނުންކުރަން ފަށައިފިއެވެ.

ދަނގަޑުގެ ބާވަތެއް ކަމަށްވާ ކޮޕަރ އެންމެ ގިނައިން އުފައްދަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގައެވެ. އެގައުމުގެ ކޮޕަރ އުފައްދާ ކުންފުނިތަކުން ކޮވިޑުން ރައްކާތެރިވުމަށް ކޮޕަރ ބޭނުންކުރުމާއި ބެހޭގޮތުން އެތައް ދިރާސާއެއް ދަނީ ކުރަމުންނެވެ.

މިގޮތުން ކޮޕަރ ބޭނުން ކޮށްގެން ޑިސްއިންފެކްޓް ކުރާ ސްޕްރޭއެއްވެސް މިހާރު ވަނީ ތައްޔާރުކުރެވި ޗިލީގައި ބޭނުން ކުރaން ފަށާފައެވެ.

ޗިލީގެ ކޮޕަރ އުފައްދާ ކުންފުނިތަކުން ކުރި ދިރާސާތަކުން ދައްކާގޮތުގައި ކޮޕަރ ގައި ވައިރަހާއި ބެކްޓީރިއާ ފަދަ ތަކެތި ނައްތާލުމަށް އެންޓިމައިކްރޮބިއަލް ޕްރޮޕަޓީތަކެއް އެކުލެވިގެންވެއެވެ. މިހެން ކަމުން ކޮރޯނާ ވައިރަހުގެ އަސަރު ކޮޕަރ ގައި ދެމިގެން ދަނީ އެންމެ ހަތަރު ގަޑިއިރަށް ކަމަށްވެސް ދިރާސާއިން ދައްކާފައިވެއެވެ. ނަމަވެސް ޕްލާސްޓިކާއި އެހެން ދަނގަޑުގެ ބާވަތްތަކުން ތައްޔާރުކޮށްފައިވާ ތަންތަނާއި ތަކެތީގައި ކޮރޯނާ ވައިރަސް އެތައް ދުވަހަކަށް ދިރިއުޅޭނެކަމަށްވެއެވެ.

މިއާއެކު ޗިލީގެ ކޮޕަރ އުފައްދާ ކުންފުނިތަކުން ކޮޕަރ ބޭނުންކޮށް މެޑިކަލް ސްޓާފުން ލާ ސްކްރަބްސް، މާސްކް، ތުވާލި، އަދި ޓެކްސީ ސީޓުތަަކުގެ ކަވަރުވެސް ދަނީ ތައްޔާރުކުރަމުންނެވެ. އަދި މިފަދަ ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ފެބްރިކްވެސް ތައްޔާރުކުރެވިފައިވަނީ ކޮޕަރ ބޭނުންކޮށްގެންނެވެ.

ކޮޕަރ އެކުލެވޭ އުފެއްދުންތަކުން ކޮވިޑުން ރައްކާތެރިކަން ލިބިދޭ މިންވަރު ޔަގީންވުމާއެކު މިފަދަ ތަކެތި ބޭނުން ކުރުމަށް އިރުޝާދު ދެމުން ދާނެކަމަށް ޗިލީގެ ކޮޕަރ އުފައްދާ ކުންފުނިތަކުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން