ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ތައްޔާރުވުމުގެ ކުރިން ބައެއް ބޭސްތައް ބޭނުން ނުކުރުމަށް ދުނިޔޭގެ ބައެއް ސިއްހީ މާހިރުން ލަފާދީފިއެވެ.

މިގޮތުން ވެކްސިން ޖަހަން ތައްޔާރުވުމުގެ ކުރިން ބޭނުން ނުކުރަންވީ ބޭސްތަކުގެ ތެރޭގައި އެސީޓިމަނޮފިން، ބްރޫފެން އަދި ނަޕްރޮކްސިން ފަދަ ބޭސްތައް ހިމެނެއެވެ. އެއީ މިބޭސްތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ދެވޭ ވެކްސިނުގެ ބާރު ކަނޑުވާލަފާނެތީއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިންތަކުގެ މައިގަނޑު މަސައްކަތަކީ މިބަލިފަތުރާ ވައިރަހާއި ދެކޮޅަށް ހަށިގަނޑުގެ ދިފާއި ނިޒާމު ވަރުގަދަކުރުމެވެ. ނަމަވެސް ބާރުގަދަ ބޭސް ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާއި ނިޒާމު ވަރުގަދަ ކުރުމަށް ޖަހާ ވެކްސިނުގެ މަސައްކަތަށް ބުރޫއަރައިދެއެވެ.

މިސަބަބަށްޓަކައި ބާރުގަދަ ބައެއް ބޭހުގެ ބާވަތްތައް ވެކްސިން ޖެހުމުގެ ކުރިން ބޭނުން ނުކުރުމަށް ގިނަ ސިއްހީ މާހިރުން ލަފާދީފައިވެއެވެ.

އެމެރިކާގެ ސިއްހީމާހިރުން އެކުލަވާލާފައިވާ ދިރާސާ ރިޕޯޓެއްގައި ވާގޮތުން ވެކްސިން ޖެހުމަށްފަހު އެފަދަ ބޭސްތައް ކެއުމަކުން ގޯހެއް ނެތެވެ. އަދި ވަކިން ފާހަގަކޮށްފައިވާ އެސީޓިމަނޮފިން، ބްރޫފެން އަދި ނަޕްރޮކްސިން ފަދަ ބޭސް، ވެކްސިން ޖެހުމަށްފަހު ބޭނުންކުރެވިދާނެކަމަށް ސިއްހީ މާހިރުން ވަނީ ލަފާ އަރުވާފައެވެ. މީގެއިތުރުން، ވެކްސިން ޖެހުމަށްފަހު ވެކްސިން ޖެހި ސަރަހައްދަށް ނުވަތަ އަތުގައި ރިއްސާނަމަވެސް މިއިން ބޭހެއް ބޭނުންކުރެވިދާނެކަމަށްވެސް ދިރާސާ ރިޕޯޓުގައި ސިއްހީމާހިރުން ބުނެފައިވެއެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ވެކްސިން ޖެހުމަށްހު ސައިޑް އެފެކްޓް ފެނުމަކީ އާދައިގެ ކަމެކެވެ. މިގޮތުން ވެކްސިން ޖެހުމަށްފަހުވެސް ބޭހެއް ބޭނުން ކުރުމުގެ ކުރިން ވެކްސިނަށް ސައިޑްއެފެކްޓެއް ފެނޭތޯ ބަލާލަން މުހިންމުކަމަށް ސިއްހީ މާހިރުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން