ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން ބޭނުންކުރުމަށް ހުއްދަދިނުމުގެ ކުރިން އިތުރު ތަހުލީލުތައް ހެދުމަށް އިންޑިޔާއިން އެދުމުން ފައިޒަރ ކުންފުނީގެ ވެކްސިން އިންޑިޔާއަށް ނުދޭން ނިންމައިފިއެވެ.

ފައިޒަރ ކުންފުނިން މީގެ ކުރިން ވަނީ އިންޑިޔާގައި އެކުންފުނީގެ ވެކްސިން ކުއްލިހާލަތުގައި ބޭނުންކުރުމުގެ ހުއްދައަށް އެދިފައެވެ. ނަމަވެސް ފައިޒަރ ކުންފުނީގެ ހިޔާލު ބަދަލުވެފައިވާކަން އިންޑިޔާޔަށް އަންގައިފައިވަނީ ވެކްސިން ބޭނުންކުރުމަށް ހުއްދަދިނުމުގެ ކުރިން އިތުރު ތަހުލީލުތައް ހެދުމަށް އިންޑިޔާއިން އެދުމުންނެވެ.

ފައިޒަރ ކުންފުނީގެ މިނިންމުމާއެކު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެގައުމު ކަމަށްވާ، އިންޑިޔާގެ އިތުރުން ޗައިނާއަށްވެސް ފައިޒަރ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނެއް ނުވިއްކާނެއެވެ.

ވެކްސިން އުފައްދާ އެހެން ކުންފުނިތަކުން އިންޑިޔާގައި ވެކްސިން ބޭނުންކުރުމަށް ހުއްދަދިނުމުގެ ކުރިން އިތުރު ތަހުލީލުތައް ހަދަމުންދެއެވެ. ނަމަވެސް ފައިޒަރ ކުންފުނިން ބުނީ އިންޑިޔާގައި އެކުންފުނީގެ ވެކްސިން ކުއްލިހާލަތުގައި ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވަނީ، އެމެރިކާ އަދި ޖަރުމަނުވިލާތުގައި މިވެކްސިނާ ބެހޭގޮތުން ކުރިއަށް ގެންދެވުނު ތަހުލީލުތަކުގެ ނަތީޖާ އެހެންގައުމުތަކެކޭވެސް އެއްފަދައިން އިންޑިޔާގައި ގަބޫލުކުރާނެކަމަށެވެ.

މިކަމާ ގުޅެގޮތުން އިންޑިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވަނީ، ްިއިންޑިޔާގައި ވެކްސިން ބޭނުން ކުރުމަށް ހުއްދަދެނީ އެގައުމުގެ ރައްޔިތުންނަށް އެއިން ކޮންމެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް ތަހުލީލުތައް ކޮށްފައިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން