މިޔަންމާގެ ބަގާވާތާއި ދެކޮޅަށް މުޒާހަރާކުރަމުންދާ މިޔަންމާގެ ޓީޗަރުންތަކެއް.
މިޔަންމާގެ ބަގާވާތާއި ދެކޮޅަށް މުޒާހަރާކުރަމުންދާ މިޔަންމާގެ ޓީޗަރުންތަކެއް.
މިޔަންމާގައި ބަޣާވާތްކޮށް ވެރިކަމުގެ ބާރުތައް އެގައުމުގެ އަސްކަރިއްޔާއިން ނެގުމާއި ދެކޮޅަށަ އެގައުމުގައި ކުރަމުންދާ މުޒާހަރާ ތަކުގައި މިޔަންމާގެ ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން ބައިވެރިވެއްޖެއެވެ.

މިމުޒާހަރާ ތަކުގައި ބައިވެރިވާ ޓީޗަރުންނާއި ދަރިވަރުން މުޒާހަރާ ކުރަމުންދަނީ ރަތް ކުލައިގެ ރިބަންކޮޅެއް މޭމަތީގައި ޖަހަިގެންނެވެ. މީގެ އިތުރުން އެމީހުން ބަޣާވާތާ ދެކޮޅު ކަމަށް ބުނާ ލިޔުންތަކެއްވެސް ބޭނުންކުރަމުންދެއެވެ.

"ރައްޔިތުން ވޯޓު ދީގެން ހޮވާފައި އޮތް ސަރުކާރެއްގެ ބާރުތައް ގާނޫނާ ހިލާފަށް ދަމައިގަނެފައިވަނީ، މިލިޓަރީ ބަޣާވާތެއް އަހަރުމެން ބޭނުމެއްނުން. އަހަރުމެން އެމީހުންނަކާއެކު މަސައްކަތެއް ނުކުރާނަން. އަހަރުމެން ބޭނުމީ މިލިޓަރީ ބަޣާވާތް ނާކާމިޔާބުވާން." މުޒާހަރާގައި ބައިވެރިވި ޓީޗަރަކު ބުނެފައިވެއެވެ.

މިޔަންމާގައި ބަޣާވާތެއް ގެނަސް އޮންގ ސަންގ ސޫޗީ ގެ އިތުރުން މިޔަންމާގެ ރައީސާއި، ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް، މިޔަންމާގެ ވެރިކަން ސިފައިންގެ ބާރުގެދަށަށް ގެންގޮސް، މިޔަންމާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ ހުސްވި ހަފްތާގައެވެ.

މިޔަންމާގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީއިންނެވެ. ނަމަވެސް މިއިންތިހާބުގެ ނަތީޖާ އާއި ދެކޮޅަށް ސިފައިން އަޑު އުފުލަމުން ގޮސް ވެރިކަމުގެ ބާރުތައް ވެސް މިހާރު މިވަނީ އަތުލާފައެވެ.

މިކަމާ ދެކޮޅަށް އަޑުއުފުލުމުގައި މިޔަންމާގެ އާންމުންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ މިބަޣާވާތް ކުށްވެރިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން