ކޯވިޑް-19ގެ ސަބަބުން އެންމެ ގިނަ ބައެއް ވަޒީފާއަށް ބަދަލުއައި އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ
ކޯވިޑް-19ގެ ސަބަބުން އެންމެ ގިނަ ބައެއް ވަޒީފާއަށް ބަދަލުއައި އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ
ކޯވިޑް-19 ގެ މިހާލަތުގައި ވަޒީފާއިން ވަކިކުރި ކޮންމެ މީހަކަށް 5000 ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި، ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކުރި ކޮންމެ މީހަކަށް 5000 ރުފިޔާގެ ލޭއޮފް ބެނެފިޓެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ވަޒީފާ ގެއްލޭ ފަރާތްތަކާއި، ނޯޕޭ ލީވް އަށް ދާ ފަރާތްތަކާއި، މުސާރަ ވަކި ޢަދަދަކަށްވުރެ ކުޑަވާ ފަރާތްތަކަށް ކުރިއަށް އޮތް ތިން މަހަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ލޭއޮފް ބެނެފިޓް ޕްރޮގްރާމެއް މިހާރު ވަނީ އެކުލަވާލާފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ފައްޔާޒް ވިދާޅުވީ، މި ބެނެފިޓް ދިނުމަށް މިވަގުތު ހަމަޖެހިފައިވަނީ، އޭޕްރީލް، މެއި އަދި ޖޫން، މި ތިންމަހަށް މި އިނާޔަތް ދިނުމަށް ކަމަށާއި، އަދި ޙާލަތަށް ރިޢާޔަތްކޮށް މި މުއްދަތު ރިވިއު ކުރަމުން ގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީ ކުރީ ގާތްގަނޑަކަށް 1300 މީހުން ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއިން ކަނޑާލި ފަރާތްތަކާއި، ނޯޕޭލީވްއަށް ފޮނުވާލި ފަރާތްތަކާއި، މުސާރަ ދަށްކުރި ފަރާތްތައް ހިމެނޭ ކަމަށެވެ.

އަދި އޮންލައިން ކޯލް ސެންޓަރެއް ޤާއިމްކޮށް ޖޮބްޕޯޓަލްގައި ރަޖިސްޓްރީ ނުވެވުނު ފަރާތްތަކަށް، މި އިނާޔަތް ހޯދުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަށްވަމުންދާ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


15

އަަޖާއިބު

24-Apr-2020

މާރަގަނޅެއްނު! ވަޒީފާއިން އަހަރެމެން ވަކިކުރިނަމަ, އެހެންޏާ އަހަރެމެންވެސް މިހާރު ތިބޭނީ އަނބިދަރިން ކައިރީ އައިލާއެކު. ތި 5000ރ ވެސް ލިބޭނެތާ. މިހާރު އަހަރެމެން ވަޒީފާއިން ވަކި ނުކުރި ނަމަވެސް މުސާރަ ބޮޑުތަނުން ދައްކޮށްފަ. އަދި ރޯދަ އުނާޔަށްވެސް ނުދީ ނުވީތާކަށް ރަށަށް ވެސް ނުފޮނުވާ ރިސޯޓްގަ މިތިބީ ދެވޭނެ ގޮތް ނެތިފަ.



ޓްރެންޑިން