އިސްލާމިކް މިނިސްޓަރ
އިސްލާމިކް މިނިސްޓަރ
ސަޢުދީ ސަރުކާރުންނާއި، އެކުވެރި ޢަރަބި ޤައުމުތަކުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކަދުރު ގޭބިސީއަކަށް ޕެކެޓެއްގެ އުސޫލުން ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ޢާއްމުކޮށްފައިވާ އުޞޫލްގައި ވަނީ 1441 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ކަދުރު ހަދިޔާ ކުރަށްވާފައިވާ ކަމަށެވެ.

މިކަދުރު ބަހާނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި، ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ޙާޟިރުވާ މީހުން އަންނަ ތަރުތީބުން އެންމެ ކުރިން އަންނަ ބަޔަކަށް އިސްކަންދޭ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ޢާއްމު ކުރެއްވި އުސޫލްގައި ވެއެވެ.

މިގޮތުން ކޮންމެ ގޭބިސީ އަކަށް ބެހުމަށް ހަމަޖެހިފައި ވަނީ 1 ޕެކެޓް ކަދުރު ކަމަށާއި، ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ކަމަށް އެ އުސޫލްގައި ވެއެވެ. އަދި މިގޮތަށް ބެހުމުގައިވެސް ފަޤީރުންގެ ލިސްޓުގައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަދުރު ބަހާނީ ރަށްރަށާއި، ސިޓީތަކުގެ ކައުންސިލްތަކާ ޙަވާލު ކޮށްގެން ކަމަށާއި، ރަށްރަށުގެ ކައުންސިލްތަކުން ކަދުރާ ޙަވާލުވުމަށް ހަމަޖައްސާ ބޭފުޅަކު 1441 ވަނަ އަހަރުގެ ރަމަޟާން މަހު ހެނދުނު 09:30 އިން 17:00 އަށް މިނިސްޓްރީއަށް ވަޑައިގަތުމުން ކަދުރު ޙަވާލު ކުރާނެ ކަމަށް އެ މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން