ރައީސް ޞާލިޙް
ރައީސް ޞާލިޙް
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ޤައުމާ މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ގައުމާ މުޚާތަބް ކުރައްވާނީ މިރޭ 7:00 ގައެވެ.

ރައީސް ޞާލިޙް މިރޭ ޤައުމާ މުޚާތަބް ކުރަށްވަނީ، މި ފެށުނު 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ކަމަށް ރައީސްގެ ސްޕޯކްސްޕަރސަން އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ރައްޔިތުންނާ މި ބައްދަލު ކުރަނީ ކޯވިޑް-19ގެ ރޯގާ ބަލިމަޑުކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދަށްވެ ރައްޔިތުން ވަރަށް ނިކަމެތިވެ ހުރިހާ ރައްޔިތުން ފުރަބަންދުގައި ތިއްބައެވެ. މިހާލަތުގައި ތިބި ރައްޔިތުންތަކަކަށް ކޮންމެވެސް މިނަވަރެއްގެ ހިތްހަމަ ޖެހުމެއް ގެނަސްދޭ ފަދަ ވާހަކަފުޅުތަކެއް ރައީސް ޞާލިހު މިރޭ ޤައުމާ މުޚާތަބު ކުރައްވާއިރު އިވިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން ހަލުވިކަމާއި އެކު ވެރިރަށް މާލޭގައި ފެތުރެން ފަށާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުންގައެވެ. ބަލި ފެތުރުން ހުއްޓުވޭނެ އެންމެ މުހިންމު އެއް ކަމަކީ ގައިދުރުކަން އިސް ކުރުން ކަމަށް ސިއްހީ މާހިރުުން ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން