އިންޑިޔާއިން ޕޯލިޔޯ ނައްތާލުމަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ތެރެއިން
އިންޑިޔާއިން ޕޯލިޔޯ ނައްތާލުމަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ތެރެއިން
އިންޑިޔާގެ މަހާރަޝްތުރާ ސްޓޭޓްގެ އަވަށެއްގައި ޕޯލިޔޯ ވެކްސިންގެ ނަމުގައި ކުޑަކުދިން ތަކަކަށް ސެނިޓައިޒަރ ދީފިއެވެ.

މިހާދިސާގައި އުމުރުން ފަސް އަހަރުން ދަށުގެ 12 ކުއްޖަކަށް ވެކްސިންގެ ނަމުގައި ސެނިޓައިޒާ ދެވިފައިވެއެވެ. މިއާއެކު މިކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނުކަމަށްވެސް އިންޑިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިހާދިސާ ހިނގާދިޔައީ އިންޑިޔާއިން ޕޯލިޔޯ ނައްތާލުމަށް ހިންގި ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން މިދިޔަ ހޯމަ ދުވަހުއެވެ. އަދި މިހާދިސާގައި ތުހުމަތު ކުރެވޭ ތިން ހެލްތު ކެއަރ ވޯކަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އިންޑިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ކުރިއަށް ގެންދެވޭ ތަހުގީގު ހިނގަމުންދާއިރު، ކުޑަކުދިންނަށް ސެނިޓައިޒަރ ދިންކަމުގެ ތުހުމަތުގައި މިތިން ހެލްތު ކެއަރ ވޯކަރުން މިހާރު ވަނީ މަގާމުތަކުން ސަސްޕެންޑް ކޮށްފައެވެ.

ޕޯލިޔޯ ވެކްސިނަކީ އާންމުކޮށް އޯރަލީ ނުވަތަ އަނގައިން ދެވޭ ވެކްސިނެކެވެ. މިވެކްސިނުގެ ނަމުގައި ސެނިޓައިޒަރ ދިން ކުޑަކުދިނަށް ހޮޑުލެވި ބޯއަނބުރައި، އިތުރު އުނދަގޫތަކެއް ކުރިމަތިވިކަމަށް މިކުދިން ޝަކުވާކޮށްފައިވެއެވެ. އަދި މި 12 ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވީނަމަވެސް މިހާރު މިހުރިހާ ކުދިންގެވެސް ހާލު ރަނގަޅެވެ.

މިހާދިސާއާއެކު އެއަވަށުގެ ބެލެނިވެރިން ވަނީ ބިރުވެރިކަމެއްގައި ތިބި ކަމަށް ބުނެ އަޑުއުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

މުޑޭ

11-Feb-2021

ފައިސާއައް ޓަކާ އިންޑިޔާ މީހުން ކޮންމެފަދަ ކަމެއްވެސް ކޮއްފާނެއެވެ. ހެޔޮނުވާނެ ތިމީހުން އަތުން ސިއްހީދާއިރާއައް އެއްވެސް ވައްތަރެއް ގެ ބޭހެއްގެންނާކައް . ރަންގަޅު ގޮތުގައި ވިޔަފާރިކިރާ ވިޔަފާރިވެރިންނެތް އިންޑިޔާއަކު ނުތިބޭނެއެވެ


1

ކިނބޫ

05-Feb-2021

ދިވެހިރާއްޖެއަށް ގެނެސް ޖަހާ. މަރުވިޔަސް ބުނާނެ އިންޑިއާއިން ގެނައި އެއްޗެއް ވީމަ އެ ރަނގަޅުވާނޭ. ބަލަންޖެހޭ ބެލުމެއް ނޯންނާނޭ. ސެނިޓައިޒަރ އަށް ވިޔަސް އެއަކުން ގެއްލުމެއްވެސް ނުވާނޭ.



ޓްރެންޑިން