ބަންގްލަދޭޝް ބަޔަކު ޚިދުމަތް ހޯދަން ގައިދުރުކަމާއެކު ކިއޫގައި
ބަންގްލަދޭޝް ބަޔަކު ޚިދުމަތް ހޯދަން ގައިދުރުކަމާއެކު ކިއޫގައި
ކުއްޔަށް އުޅުނު އާއިލާއެއްގެ މެންބަރުގެ ގައިގައި ތަޅާ ގެއިން ބޭރުކޮށްލި ބަންގްލަދޭޝްގެ ޑާކާގެ ޕަންޕަތް ސަރަހައްދުގައި ހުންނަ ގެއެއްގެ ވެރިޔަކު ޖަލަށްލައިފިއެވެ.

ދަ ނިއު ނޭޝަންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގޭގެ ވެރިޔާ، ނޫރު އަޚްތަރް ޝަމްޕާ ޖަލަށް ލާފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އޭނާގެ ގޭގައި ކުއްޔަށް އުޅެމުންދިޔަ އާއިލާއަކަށް ކުލި ނުދެއްކުމުގެ ސަބަބުން، އެމީހުންނަށް އަނިޔާކޮށް މާރާމާރީ ހިންގާ، އެމީހުން ގެއިން ބޭރުކޮށްލުމާއި ގުޅިގެންނެވެ.

އޭޕްރިލް 18 ވަނަ ދުވަހު އަނިޔާކޮށް ގެއިން ނެރެލާފައިވަނީ ސަލީމް އާއި ކުލްސޫމް ބޭގަމްގެ ދެމަފިރިންނާއި އެމީހުންގެ 3 ދަރިންނެވެ. އެގޮތުން އެންމެ ކުޑަ ދަރިފުޅަކީ އުމުރުން 2 މަހުގެ ތުއްތު ކުއްޖެއްކަމަށްވާއިރު، އެމީހުން ނެރެލާފައިވަނީ އެއް މަހުގެ ކުލި ނުދެއްކި އޮތުމުންނެވެ. ފަހުން ފުލުހުން އައިސް އިންސާނިއްޔަތައްޓަކައި އެއާއިލާ ބައިތިއްބައިދިނުމަށް އެދުމުން ޝަމްޕާވަނީ އެކަމަށް އިންކާރުކޮށް ފުލުހުންނަށްވެސް އިންޒާރުދީފައެވެ. އެހެންކަމުން، ސަލީމާއި ކުލްސޫމް ބޭގަމްގެ އާއިލާއިންވަނީ ގޭގެ ވެރިމީހާއާއި ދެކޮޅަށް ކަލަބަގަން ޕޮލިސް ސްޓޭޝަނުގައި ރަސްމީކޮށް މައްސަލަ ހުށައަޅާފައެވެ.

މައްސަލައިގެ ތަހުގީގާއި ހަވާލުވެ ހުރި ފުލުސް އޮފިސަރު، އައްސަދުއްޒަމަން، ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގައި ޝަމްޕާ ހައްޔަރުކުރެވުނު ކަމަށާއި، އޭނާ ކޯޓަށް ހާޒިރުކުރެވިފައިވަނީ އިއްޔެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން