އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން.
ކޮވިޑުން ރައްކާތެރިވުމަށް ދެމުންދާ ވެކްސިން މުޅި އެމެރިކާއަށް ފޯރުކޮށް ދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ވެކްސިނުގެ އިތުރު 200 ޑޯޒު ގަތުމަށް އެމެރިކާގެ މިހާރުގެ ރައީސް، ޖޯ ބައިޑަން ނިންމަވައިފިއެވެ.

ރައީސްކަމަށް ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ އާންމުންނާ މުހާތަބު ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާއަށް ވެކްސިނުގެ އިތުރު ޑޯޒު ހޯދުމަށް ކުރެވެމުންދާ މަސައްކަތް ހާމަކުރައްވާފައެެވެ. މިގޮތުން މޮޑާނާ ކުންފުނި އަދި ފައިޒާ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނުގެ އިތުރު 200 މިލިއަން ޑޯޒު ހޯދުމަށް ނިންމާފައިވާކަމަށް ބައިޑަން ވަނީ އިއުލާން ކުރައްވާފައެވެ.

ނަމަވެސް އެމެރިކާގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުމަށް އަދި ވަގުތު ނަގާނެ ކަމަށްވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ. މިހެންކަމުން މާސްކް އެޅުމާއި ގައިދުރުކަން ދަމަހައްޓައިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރުމަށް ބައިޑެން ވަނީ އިލްތިމާސްކުރަށްވާފައެވެ.

ދުނިޔޭގައި ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން މިބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އެންމެ މަތީގައި އުޅެނީވެސް އެމެރިކާގައެވެ. އަދި އެމެރިކާގައި މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކުރުމަށް ބައިޑެން ވަނީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް ގޮވާލައްވާފައެވެ. މީގެ އިތުރުން ބައިޑެން ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮވިޑާއި ދޭތެރޭ ދެކެމުންދާ ގޮތާއި، ކޮވިޑުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ ކަމަށްވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ފާޑު ކިޔުންތަކާއެކުވެސް ބައިޑެންގެ ވާހަކަފުޅުގައި، ވެކްސިން ޖެހުމުގެ ކަންކަން ފައްޓަވައި ދެއްވިކަމަށްޓަކައި ޓްރަމްޕް އަށް ވަނީ ޝުކުުރު އަދާކުރަށްވާފައެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު 100 ދުވަސް ތެރޭގައި ވެކްސިނުގެ 100 މިލިއަން ޑޯޒު ފޯރުކޮށްދިނުމަކީ ބައިޑެންގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން