ޗައިނާގައި ކިއުހަދައި ކޮވިޑަށް ޓެސްޓު ކުރުން ކުރިއަށްދަނީ.
ޗައިނާގައި ކިއުހަދައި ކޮވިޑަށް ޓެސްޓު ކުރުން ކުރިއަށްދަނީ.
ކޮވިޑަށް ޓެސްޓު ކުރުމަށް ފުރަގަސްފަރާތުން ސާމްޕަލް ނަގައިގެން ކުރާ ތަހުލީލުތައް މާ ބޮޑަށް ޞައްޙަ ކަމަށް ޗައިނާގެ ސިއްހީ މާހިރުން ބުނެފިއެވެ.

ޗައިނާގެ އެކި ސަރަހައްދުތަކުން ކޮވިޑަށް ޓެސްޓުކުރުމަށް މިލިއަނަކަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، ޗައިނާއިން ދަނީ ކޮވިޑަށް ޓެސްޓު ކުރުމަށް ފުރަގަސްފަރާތުންވެސް ސާމްޕަލް ނަގަމުންނެވެ. އަދި މިގޮތަށް ފުރަގަސްފަރާތުން ނަގާ ސާމްޕަލްގެ ނަތީޖާ މާބޮޑަށް ވެސް ސައްޙަކަމަށް ދައްކާކަމުގައި ޗައިނާގެ ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

ޗައިނާގައި ކޮވިޑުގެ އާ ވޭރިއަންޓް ފެނުމާއެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން، ވަނީ އިތުރަށް ޓެސްޓު ކުރުމަށް ރޭންޑަމް ސާމްޕަލް ނަގަންފަށާފައެވެ. މިގޮތުން ގިނަބަޔަކު ޓެސްޓު ކުރުމަށް ޗައިނާގެ ސިއްހީ ވުޒާރާތަކުން ނިންމާފައިވާއިރު، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އެކަނިވެސް ދެމިލިއަން މީހުން ޓެސްޓުކުރެވޭނެ ކަމަށް ޗައިނާގެ ސިއްހީ ވުޒާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ އާބާދީގެ ބޮޑުބަޔަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮވިޑް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލް ނަގަމުންދަނީ ނޭފަތުންނާއި، ކަރު ތެރެއިންނާއި، ފުރަގަސްފަރާތުންނެވެ. މިގޮތަށް ފުރަގަސްފަރާތުން ސާމްޕަލް ނެގުމަކީ އާކަމެއް ނޫންކަމަށާއި މިއީ މިދިޔަ އަހަރުން ފެށިގެން ކުރެވެމުންދާކަމެއް ކަމަށްވެސް ޗައިނާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން