ސްރީލަންކާ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއަރމަން ކިމާލީ ފަރނާންޑޯ - ފޮޓޯ: ޑެއިލީ ނިއުސް
ސްރީލަންކާ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއަރމަން ކިމާލީ ފަރނާންޑޯ - ފޮޓޯ: ޑެއިލީ ނިއުސް
ރައްކާތެރި ފިޔަވަޅުތަކާއެކު ސްރީލަންކާ އަލުން ފަތުރުވެރިކަމަށް ހުޅުވާލުމާއި ބެހޭގޮތުން ގައުމުގެ ސަލާމަތީ ބާރުތަކާއެކު ސަރުކާރުން މަޝްވަރާކުރަމުން ގެންދާކަމަށް އެގައުމުގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއަރމަން ކިމާލީ ފަރނާންޑޯ ވިދާޅުވެއްޖެއެވެ.

އެޑްވޮކާޓާގެ ފަރާތުން ރާވައިގެން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ފަރނާންޑޯ ވިދާޅުވީ ސްރީލަންކާގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަނޑައެޅުމަށް ސިފައިންނާއެކު ވަރަށް ގާތުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ފަރނާންޑޯ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުން މިސާލުނަގައި، ސަރުކާރުން މަސައްކަތްކުރަނީ އެއަރޕޯޓުގެ ޕާސްޕޯޓް ކޮންޓްރޯލާއި ހިސާބުން ހެލްތް ސްކްރީނިންގތައް ހަދައި، ނެގޭ މައުލޫމާތުތައް ރިކޯޑުކުރުމުގެ އުސޫލެއް ގާއިމު ކޮށް ބެލެހެއްޓުމަށް ކަމަށާއި، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްރީލަންކާގެ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގެ މައުލޫމާތު ފަތުރުވެރިންނަށް އެއަރޕޯޓުގައި ދެވޭނެކަމަށެވެ.

ފަރނާންޑޯ އިތުރަށް ވިދާޅުވީ މިއީ ފަތުރުވެރިކަމާއި ގުޅިފައިވާ ތަންތަން އަލުން ތަރުތީބުކޮށް ފަރުމާ ކުރުމަށް ރަނގަޅު ފުރުސަތެއްކަމަށާއި، އެތަންތަނުން ގުޅިގެން ފަތުރުވެރިކަމާއި ގުޅޭ ބޮޑު ޖަމިއްޔާއެއް އުފެއްދުމަކީ ދެކިވަޑައިގަންނަވަން ބޭނުންފުވާ ކަމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ އުސޫލުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ހޮޓާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެކަން ފަރނާންޑޯ ފާހަގަކުރެއްވިއެވެ.

ޑެއިލީ ނިއުސްއިން ރިޕޯޓުކޮށްފައިވާގޮތުގައި އެގައުމުގެ ހޮޓާ ތަކަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އިންވެސްޓަރުން ކަމުގައިވާއިރު، މިދިޔަ އަހަރުގެ އީސްޓަރ ބަންދުތެރޭގައި ހިންގި ބޮން ގޮއްވުމުގެ ހާދިސާއާއި ގުޅިގެން ހޮޓާތަކުގެ އަގުތަށް 60 އިންސައްތަ ދަށްވެފައިވާއިރު، މި ހޮޓާތަކުގައި މީހުން މަޑުކުރާ މިންވަރު ވެސް 40 އިންސައްތަ ދަށްވެފައިވާކަމަށެވެ. އަދި މިހާރު ކޯވިޑް-19 އާއި ގުޅިގެން ހޮޓާތަކަށް ލިބޭ އާމްދަނީވެސް ވަނީ އެތައް ގުނައެއް ދަށަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާއިން މިހާތަނަށް 323 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން