ޕީޕީއެމް އިން މިއަދު އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން
ޕީޕީއެމް އިން މިއަދު އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އައްޑޫ ސިޓީގައި މުޒާހަރާ ކޮށްފިއެވެ.

އައްޑޫސިޓީގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ސުލްޙަވެރި މި މުޒާހަރާގައި ޕީޕީއެމް އާއި، ރައީސް ޔާމީނަށް ތާޢީދު ކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އައްޑޫގައި މުޒާހަރާކުރި ބައިވެރިން ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައެވެ. އައްޑޫގައި މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމުމާ ގުޅިގެންނެވެ.



ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމްގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ތުނިޔަ

25-Jan-2021

މުޒާހަރާތައް ގިނަގިނައިންބާވަންވީ އެއްމެން މާލެ އަރާ މާލޭގެ މަގުތައްފުރާލަންވީ ޔާމީނު މިނިވަން ކުރެވޭނީ ރައްޔިތުންނަށް އިސްލާމްދީންމިތަނުންނުފޮހުވެނީސް މިކަންކުރަންވެއްޖެ



ޓްރެންޑިން