ޣައްސާން މައުމޫން (ކ) އާއި ރައީސް ޔާމީން (ވ)
ޣައްސާން މައުމޫން (ކ) އާއި ރައީސް ޔާމީން (ވ)
ރައީސް ޔާމީން 2023 ގައި ރާއްޖޭގެ ވެރިކަމަށް ގެންނާނެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް 2019 ވަނަ އަހަރު ހުކުމްކުރީ ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ހައިކޯޓުން ތާޢީދު ކޮށްފައިވަނިކޮށް، ޣައްސާން ވިދާޅުވީ، ރައީސް ޔާމީނަށް ޖަލުގައި ދެމުންދަނީ ނުޙައްޤު އަނިޔާއެއް ކަމަށެވެ. އަދި ނުޙައްޤު އަނިޔާއަކުން ރައީސް ޔާމީނާއި، ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރު ނޭލޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. އެކަމުން އެ ބޭފުޅުންގެ ޢަޒުމް ގުޑުވައި ނުލެވޭނެ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ ޖަލުން މިންޖުކޮށް ރައީސް ޔާމީން 2023 ގައި އިންތިޚާބުކޮށް ވެރިކަމަށް ގެންނާނަން." ޣައްސާން ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމްގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-15

ސާކިރު

25-Jan-2021

ޣައްސާނު މައުމޫނު ކަލޭ ތި ހޭބަލިވެފައި ހުރި މީހެއްތަ.ކުއްވެރިވެ ހުކުމެއް ކޮށް ޖަލަށްލީމަ ދެން ކޮނވެރިކަމެއް ކުރާކަށް.


-11

ީއިއްބެ

25-Jan-2021

އާނ އެސޮރު އަންބޮނޑީގައި އޮެއެއް އެއްޗެއް ވިއްޔާ



ޓްރެންޑިން