އިންޑޮނޭޝިޔާގެ އިތުރު ފްލައިޓެއް ވެއްޓި، އެގައުމުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ރައްކާތެރިކަމާ ބެހޭގޮތުން ސުވާލު އުފައްދަން ފަށައިފިއެވެ.

އިންޑޮނޭޝިޔާގައި މިފަހަރުވެސް ވެއްޓިފައިވަނީ އިންޑޮނޭޝިޔާގެ ސްރީވިޖަޔާ ކުންފުނީގެ ފްލައިޓެކެވެ. މިފްލައިޓް ވެއްޓިފައިމިވަނީ މިމަހުކުރީކޮޅު ސްރީވިޖަޔާ ކުންފުނީގެ ފްލައިޓެއް ވެއްޓި 63 މީހަކު މަރުވުމުގެ ހާދިސާގެ ތަހުގީގު ހިނގަމުން ދަނިކޮށެވެ. މިފަހަރަހުގެ ހާދިސާއަށްފަހު އިންޑޮނޭޝިޔާގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ރައްކާތެރިކަމާ ބެހޭގޮތުންނާއި، މެއިންޓެނަންސް އަދި ތަމްރީނުތައް ކުރިއަށް ގެންދެވޭގޮތާއިމެދު ސުވާލު އުފައްދަން ވަނީ ފަށައިފިއެވެ.

އިންޑޮނޭޝިޔާގައި މިހާތަނަށް 100 އަށް ވުރެއް ގިނަ ފްލައިޓު ވެއްޓުމުގެ ހާދިސާ ހިނގާފައިވެއެވެ. އަދި މިހާދިސާ ތަކުގައި 1300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށްވެއެވެ. މިއާއެކު އޭޝިޔާ ބައްރުގެ ގައުމުތަކުގެ ތެރެއިން މަތިން ދަތުރު ކުރުމުގެ އެންމެ ބިރުވެރިކަންބޮޑުވެފައިވާ ގައުމަކީ އިންޑޮނޭޝިޔާއެވެ.

އިންޑޮނޭޝިޔާގައި ފްލައިޓު ވެއްޓުމުގެ ހާދިސާތައް ގިނަވެފައިވަނީ، މިމަސައްކަތް ކުރާ ކުންފުނިތަކާއި ދެމެދު އޮންނަ ވާދަ ވެރިކަމާ ހެދިއެވެ.

މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ފްލައިޓު ނައްޓާލުމުގައި ދިމާވާ ހާދިސާގެ އަދަދު ވަނީ 18.3 އިންސައްތައަށް އަރާފައެވެ. ނަމަވެސް މުޅި ދުނިޔޭގައި ޖުމްލަ ކޮށް ހިނގާ މިފަދަ ހާދިސާތައް ރިކޯޑުކުރެވިފައިވަނީ 4.11 އިންސައްތައިގައެވެ. އިންޑޮނޭޝިޔާގެ ގަވާއިދުތައް ހަރުކަށި ކުރުމުންވެސް ބޮޑެތި ބަދަލުތަކެއް ނާންނަ ކަމަށްވެއެވެ.

އިންޑޮނޭޝިޔާގައި ނުރައްކާތެރީ ހަމައެކަނި ވައިގެ މަގުން ދަތުރުކުރުމެއް ނޫނެވެ. މިގޮތުން އިންޑޮނޭޝިޔާގައި މަގުމަތީގައި އެކްސިޑެންވެ ކުރިމަތިވާ ހާދިސާތަކަކީވެސް ގިނަ އަދަދަކަށް ރިޕޯޓު ކުރެވޭ ހާދިސާ ތަކެކެވެ. މަގުމަތީގައި އެކްސިޑެންވެ ކުރިމަތިވާ ހާދިސާތަކަކީ ހަރުކަށި ގަވާއިދުތަކެއް ނެތުމުން ކުރިމަތިވާ ހާދިސާތައް ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢަހުމަދު މުހައްމަދު

26-Jan-2021

ވިޔާނުދާ ނާތަހުޒީބުބައެއް އުޅޭ ގައުމެއް.



ޓްރެންޑިން