ސިރަމް އިންސްޓިޓިއުޓްގެ އިމާރާތަކުން ދުންއަރަމުންދާތަން. އެވަގުތު ތިބި މުވައްޒަފުން ރައްކާތެރި ސަރަހައްދުތަކަށް ގެންދެވިފައިވޭ.
ސިރަމް އިންސްޓިޓިއުޓްގެ އިމާރާތަކުން ދުންއަރަމުންދާތަން. އެވަގުތު ތިބި މުވައްޒަފުން ރައްކާތެރި ސަރަހައްދުތަކަށް ގެންދެވިފައިވޭ.
ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމައްވާ އިންޑިޔާގައި ހުންނަ ސިރަމް އިންސްޓިޓިއުޓް ގައި އަލިފާންރޯވެއްޖެއެވެ.

އިންޑިޔާގެ ޓީވީ ޗެނަލް ތަކުން ވަގުތުން ދުރައް ދެއްކި މަންޒަރުތަކުން ފެންނަގޮތުގައި އަލިފާން ހިފާފައި ހުރީ ސިރަމް އިންސްޓިޓިއުޓްގެ އެއް އިމާރާތުގެ އެންމެމަތީ ފަންގިފިލާގެ އެތެރޭގައެވެ. މިއާއެކު ކަޅު ދުންތަކުން އެސަރަހައްދު ވަނީ ފުރާލާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައި ނުވިނަމަވެސް މިހާދިސާގައި އެކުންފުނިން މިހާރު އެންމެ ފުޅާދާއިރާގައި އުފައްދަމުންދާ ކޮވިޑް ވެކްސިން އަށް އަސަރު ކޮށްފައި ނުވާ ކަމަށާއި އެމަސައްކަތަށް ހުރަހެއްނޭޅޭނެ ކަމަށް ސިރަމް ކުންފުނީގެ ސީއީއޯ އަދަރް ޕޫނަވައްލާ ވިދާޅުވެފައިވެއެވެ.

"ވެކްސިން ޕްރޮޑިއުސް ކުރުމުގައި ހުރަހެއް ނޭޅޭނެ ގޮތައް މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ތައްޔާރުވެ ކުންފުނީގެ އެކި އިމާރާތްތަ ހެދިފައިހުންނާނެ. ވީމާ ކޮވިޝީލްޑު ވެކްސިން މަދެއްނުވާނެކަން ސަރުކާރަށްވެސް އާންމުންނަށް ޔަގީންކަންދެން." އަދަރް ޕޫނަވައްލާ ވިދާޅުވެފައިވެއެވެ.

އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން ގިނަ ވެކްސިން ތަކެއް ތައްޔާރުކޮށް މުޅި ދުނިޔެއަށް ފޯރުކޮށްދީފައިވެއެވެ. އަދި މިހާރު ފެތުރެމުންދާ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެސްޓަރަރޒެނެކާ އަދި އޮކްސްފޯޑު ޔުނިވަރސިޓީގެ ވެކްސިން، ފަގީރު ގައުމު ތަކަށާއި އަދި މެދު ފަންތީގެ ގައުމުތަކަށް ފޯރުކޮށް ދިނުމަށް އުފައްދަމުން ދަނީވެސް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުންނެވެެެ.

މީގެ އިތުރުން އެމެރިކާގެ ނޯވެކްސް ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން އުފައްދަމުން ދަނީވެސް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓްއިންނެވެެެ.

އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓްގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ފަސް ފަޔަރ ޓްރަކް ހަރަކާތްތެރިވިކަމަށް ޕޫނޭގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ހާމަކޮށްފައެވެ. އަދި ސިރަމް އިންސްޓިޓިއުޓްގައި އެވަގުތު ތިބި މުވައްޒަފުން ރައްކާތެރި ސަރަހައްދުތަކަށް ގެންދެވިފައިވާކަމަށްވެސްވެއެވެ.

ނަމަވެސް މިއަލިފާނުގެ ހާދިސާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން