ފަޑީލާ ޗާއިބް
ފަޑީލާ ޗާއިބް
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަކީ ލެބޯޓްރީއަކުން ނުވަތަ އެނޫންވެސް ތަނެއްގައި އުފައްދާފައިވާ އެއްޗެއް ނޫންކަން ލިބެންހުރި ހެކިތަކުން ހާމަވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުގައި މިއަދު ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވާހަކަދައްކަވަމުން އެޖަމިއްޔާގެ ސްޕޯކްސްވުމަން، ފަޑީލާ ޗާއިބް ވިދާޅުވީ ލިބިފައިވާ ހުރިހާ މައުލޫމާތަކާއި ހެކީގެ އަލީގައި ބުރަވެވެނީ ކޯވިޑް-19 ޖައްސާ ވައިރަހަކީ ޖަނަވާރެއްގެ ކިބައިން ވުޖޫދުވި ވައިރަހެއްކަމަށެވެ. އެއީ ލެބޯޓްރީއެއްގައި ތައްޔާރުކޮށް އުފައްދާފައިވާ އެއްޗެއްކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޖަނަވާރުގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އަރާފައިވާގޮތެއް ޔަގީންކުރެވިފައި ނުވިނަމަވެސް، ޔަގީނުންވެސް ވާލާއި، އިންސާނާއާއި ދެމެދުގައި އެހެން ޖަނަވާރެއްގެ ގަޔަށް ވައިރަސް ވާނީ އަރާފައިކަން ޗާއިބް ފާހަގަކުރައްވާފައި ވެއެވެ.

ޑަބްލިއުއެޗްއޯއިން މިހެން ބުނެފައި މިވަނީ، ވައިރަހަކީ ލެބޯޓްރީއެއްގައި އުފައްދާފައިވާ އެއްޗެއްކަމަށް ޝައްކުކުރެވޭތީ އެކަން ތަހުގީގުކުރަމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.

ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީގެ ވައިސް ޑިރެކްޓަރ، ޔުއާން ޒިމިންގ ވިދާޅުވީ އެ ލެބޯޓްރީގައި ވައިރަސް އުފައްދާފައިވާކަމަށްބުނެ ފަތުރަނީ ދޮގު މައުލޫމާތުކަމަށެވެ.

އެމެރިކާއަކީ ޑަބްލިއުއެޗްއޯގެ ފަންޑިންގެ ބޮޑުބައެއް ހަދިޔާކުރާ ހަމައެކަނި ގައުމުކަމަށްވާއިރު، ޓްރަމްޕް ސަރުކާރުން މިހާރު ވަނީ އެމެރިކާއިން ޑަބްލިއުއެޗްއޯއަށް ދޭ ފަންޑިންގ ވެސް ކަނޑާލާފައެވެ.

ދުނިޔޭގައި މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 170،000 އަށް ވުރެ ގިނަ މީހުން ބަލީގައިވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން