ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ
ކޯވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފިއެވެ.

އެގޮތުން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ކަނޑައަޅާ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއީ ގައިދުރުކަން ގާއިމްކުރުމަށް ފިޔަވަޅު އެޅުމާއި؛

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަރަންޓީނު ނުވަތަ އެކަހެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައިވާ ފަރާތްތަކަށް ކަރަންޓީން ނުވަތަ އެކަހެރި ކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ ލިޔުން ދޫކުރުމާއި؛

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިގެން ކަރަންޓީނު ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައިވާ ފަރާތްތަކަށް ކަރަންޓީނު ނުވަތަ އެކަހެރި ކުރުމުން ދޫކޮށްލިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ލިޔުން ދޫކުރުމެވެ.

މިއާއެކު މި އެންގުމާގުޅޭ ފުރަތަމަ އެންގުމުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފިޔަވަޅުތައް އެޅުމުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ)ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށްވެސް އަންގާފައިވެއެވެ.

ގާނޫނުގެ 41 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އެހެން އޮތްނަމަވެސް، މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީރު ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ، ނުވަތަ އަންގާ އެންގުންތަކާ، ނުވަތަ ކުރާ އަމުރުތަކާ ހިލާފަށް އެއްވެސް ކައުންސިލަކުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން