ބައެއް ރިސޯޓުތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީނުތަކެއްގައި ޅ. އަތޮޅުގެ ބައެއް ރަށްރަށުގައާއި، ބައެއް ރިސޯޓްތަކުގައި ސިފައިންގެ ބޭކަލުން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް ބުނެފައި ވެއެވެ.

މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު