ޗައިނާގެ ޕްރޮވިންސަކުން ރާއްޖެއަށް ދިން ކޯވިޑް-19 އާއި ގުޅޭ ޞިއްޙީ އެހީ
ޗައިނާގެ ޕްރޮވިންސަކުން ރާއްޖެއަށް ދިން ކޯވިޑް-19 އާއި ގުޅޭ ޞިއްޙީ އެހީ
މިވަގުތު ރާއްޖެއަށް އެންމެ ފައިދާވާނީ ޗައިނާ އިސްކޮށްގެން ކަމަށާއި ބަލީގެ ފަރުވާއާއި ސަމާނާއި ވަސީލަތްތައް ލިބޭނީވެސް އެޤައުމުން ކަމުގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު ވިދާޅުވީ މިވަގުތު ޗައިނާ އިސްކުރަން ޖެހެނީ، ރާއްޖެއަށް މިވަގުތު އެންމެ މުހިއްމީ ޓެސްޓު ކިޓްތައް ގެނަސް ދިވެހި ހުރިހާ ރައްޔިތުން ޓެސްޓް ކުރުން ކަމުގައިވާތީއެވެ. ޗައިނާ އަކީ ކޯވިޑް-19 ގެ ތަޖުރިބާ އެންމެ ބޮޑު ޤައުމުކަމަށާއި، ޗައިނާގެ އަތުގައި އެ ފެސިލިޓީސް އެބަހުރި ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ސަޢީދު ވިދާޅުވީ ރާއްޖެއިން ވަތްގަނޑަށް އަޅާނެ ލާރި ހޯދަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. "އަޅުގަނޑުމެންގެ ރައްޔިތުން ޙާލުގަ ޖެހިގެން ދާއިރު ކޮން ރިޒާވެއްގަ ފައިސާ ބަހައްޓަންތޯ؟ މިއަދު އަޅުގަނޑުމެން އަތުގައި ބައި ލާރި އޮތަސް މި ޓެސްޓް ކިޓް ތަކޭ ގަންނަންވީ." ސަޢީދު ވިދާޅުވިއެވެ.

ދުނިޔޭގައި މިކަމުގެ ތަޖުރިބާ އެންމެ ބޮޑީ ޗައިނާގައިކަން ފާހަގަ ކުރައްވަމުން ސަޢީދު ވިދާޅުވީ، ޗައިނާ ސަރުކާރުން ދަނީ ޤައުމުތަކުގެ ސައިޒަކަށް، ގިންތިއަކަށް އަދި ފަންތިއަކަށްވެސް ބެލުމެއް ނެތި އެހީތެރިކަން ފޯރުވަމުންނެވެ.

"އަޅުގަނޑު އެއްވެސް ޝައްކެއް ނުކޮށް ޤަބޫލުކުރެވޭ، އަޅުގަނޑުމެން ދިވެހި ރައްޔިތުން ޗައިނާ ސަރުކާރުގައި މިފަދަ ކަމެއް ކޮށްދޭން އެދިއްޖެ ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ބޮލާލާ އެކަމެއް ނުޖަހާނެ. އެއަށްވުރެ މާ ގާތް ގުޅުމެއް ރައީސް ޔާމީންގެ މޭސްތިރިކަމުގެ ދަށުގައި، ޗައިނާ ސަރުކާރާއެކު ވާނީ އުފެއްދިފައި." ސަޢީދު ވިދާޅުވިއެވެ.

މިވަގުތު ދުނިޔޭގައި އެންމެބޮޑަށް ޙާލުގަ ޖެހެމުންދާ ޤައުމަކީ ދިވެހިރާއްޖެ ކަމަށް މި ޕްރޮގްރާމްގައި ސަޢީދު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު ވެއްޓިފައިވާ މިންވަރާމެދު ވާހަކަ ދައްކަވަމުން ސަޢީދުވަނީ ރާއްޖެ މިހާރު މިއޮތީ އިޤްތިޞާދީ ގޮތުން މިންކުރާ ދަރަޖައަށް ވެސް ބަދަލު ގެންނަން ޖެހޭ ހާލަތަށް ވެއްޓިފައި ކަމަށެވެ.

"ޔުނައިޓެޑް ނޭޝަންސް ޤަބޫލްކުރާ އުސޫލްތަކެއް ހުރޭ.، ދިވެހި ރާއްޖެ އަކީ މިޑްލް އިންކަމް ޤައުމެއް. އެކަމަކު މިޑްލް އިންކަމް ޤައުމެއްގެ ތިއަރީއަށް ދިވެހިރާއްޖެ މިވަގުތަކު ނުފެތޭނެ. އެއީ ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއްގެ 80 އިންސައްތަ ލިބެނީ ފަތުރުވެރިކަމުން. އެ ސިނާޢަތް އެއްކޮށް އިނދަ ޖެހިއްޖެ. މިއަދު ދުނިޔޭގެ މާލީ އިދާރާއިން އަޅުގަނޑުމެންނަށް އެދެވޭނެ އަޅުގަނޑުމެންނަކީ އޮޓޯ ޕައިލެޓް ކަނޑާލާފަ އޮތް، ޚާއްސަ ޙާލަތެއްގައި އޮތް، އެންމެބޮޑަށް ޙާލުގަ ޖެހެމުންދާ ޤައުމެއް ދިވެހިރާއްޖެއަކީ މިވަގުތު." ސަޢީދު ވިދާޅުވިއެވެ.

ސަޢީދުގެ ވާހަކައިގާ އެ އިޝާރާތް ކުރެއްވީ ބައިނަލްއަޤްވާމީ ތަރައްޤީގެ މިންކުރުމުން ރާއްޖެ އޮތް ހާލަތު ދަށްކޮށްފިނަމަ އިންޓްރަސްޓް ކުޑަ ލޯންތަކާއި ހިލޭ އެހީއާއި އެހެނިހެން މާލީ މަންފާތަކާއި ޒަރޫރީ އެހީތައް ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމުގެ ވާހަކައަށެވެ.

ޗެނަލް 13 ގައި ރޭ ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ މި ވަގުތަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަންވީ ވަގުތުކަމަށެވެ.

އަދި ސިޔާސީ ބައިބައިވުން ދޫކޮށް ޤައުމަށްޓަކާ ޤައުމީ ދިދައިގެ ބާރުގައި ސިފައިންނާ ފުލުހުންގެ ފަހަތަށް ހުރިހާ ސިޔާސީ މީހުން އެރުމަށް ސަޢީދު ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން