ފްރާންސްގައި ބަލިޖެހޭމީހުންގެ އަދަދު އިތުރުވި ނަމަވެސް ހޮސްޕީޓަލުގައި ފަރުވާދޭންޖެހޭ އަދަދު ވަނީ މަދުވެފައި
ފްރާންސްގައި ބަލިޖެހޭމީހުންގެ އަދަދު އިތުރުވި ނަމަވެސް ހޮސްޕީޓަލުގައި ފަރުވާދޭންޖެހޭ އަދަދު ވަނީ މަދުވެފައި
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރަންސޭސިވިލާތުން މަރުވި މީހުންގެ އަދަދު 20,000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއަދު އެކަނިވެސް ފްރާންސުން 547 މީހަކު މި ބަލީގައި މަރުވެފައިވާއިރު، އަލަށް ބަލި ޖެހުނު މީހުންގެ އަދަދު ވެސް މިއަދު ވަނީ 2,489 އަށް އަރާފައެވެ. ފްރާންސުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 155,383 ގައެވެ.

އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްރާންސްގެ އިސް ހެލްތް އޮފިޝަލް ޖެރޯމް ސެލޮމަން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ އެގައުމުގެ ހޮސްޕިޓަލުތަކާއި އައިސީޔޫތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އަންނަނީ ދައްވަމުންކަމަށާއި، އެހެން ނަމަވެސް ފްރާންސުން މަރުވި މީހުންގެ އަދަދު 20,265 އަށް އެރުމަކީ ވަރަށް ހިތާމަވެރިކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން