މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގެ ބްލަޑް ބޭންކުގައި ހުރި ލޭގެ ސްޓޮކް ދަށްވެ، ލޭ ހަދިޔާކޮށްދޭން އެދިފައި ވަނިކޮށް ފުލުހުން އެކަމަށް އިސްނަގައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވީ، ލޭ ހަދިޔާކުރުން ފުލުހުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"އެކަން ފުލުހުން އެބަ ކުރޭ. ލޭ ހަދިޔާ ކުރުންވެސް އެބަ ހިނގާ." އެންމެންގެ ޚިދުމަތުގައި އަވަށްޓެރި ފުލުހުން ކަމަށް ވިދާޅުވެ ކޮމިޝަނަރ ޓްވީޓެއްވެސް ކުރަށްވާފައިވެއެވެ.

ލޭގެ ސްޓޮކް މަދުވެފައިވާ ކަމަށް ބުނެ އެމްބީއެސް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މި ދުވަސްވަރު ލޭ ލިބުން ދަތިވެފައިވާ ކަމަށެވެ.

އެމްބީއެސް އިން ބުނީ މާލެ ލޮކްޑައުން ކޮށްފައި ވީ ނަމަވެސް ލޭހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެމްބީއެސްގެ ނަމްބަރު 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން ދިއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ސަރވިސް އިން ވަނީ ބުނެފައެވެ.

ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން 15:00ގެ ނިޔަލަށް އެމްބީއެސް، ހުޅުވާފައި ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން