ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު
ކޯވިޑް-19 އާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމައުގައި ބިރުވެރިކަމާއި ހާސްކަން އުފެދޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ޢާއްމު ފަރުދުންނަށް ދޮގު ތުހުމަތުކޮށް، ފުރައްސާރަ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ ހުރިހާ ކަންކަމުން ދުރުހެލިވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އެއްވެސް ޙަޤީޤަތެއްނެތް ދޮގު މަޢުލޫމާތު ގިނަ ފަރާތްތަކަކުން ފަތުރަމުން ގެންދާ ކަމަށް އެޗްޕީއޭ އިންވެސް ވަނީ ބުނެފައެވެ. އެޗްޕީއޭ އިން ވަނީ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށައަޅާނެކަމަށް ބުނެފައެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުންގެ ފޮޓޯއާއި މައުލޫމާތު އާންމުކުރުން މިހާރުވަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން