މަބްރޫޫކް އަޒީޒު
މަބްރޫޫކް އަޒީޒު
މިއަދު މެންދުރު 15:00 އާ ހަމައަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 67 އަށް އަރައިފިއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރުފަހު އޮތް ނޫސްކޮންފަރެންސް ނިންމާލައްވަމުން ތަރުޖަމާން މަބްރޫ އަޒީޒް ވަނީ ބައްޔަށް ޕޮޒިޓިވްވި އިތުރު ހަތް މީހަކު އިޢުލާން ކުރައްވާފައެވެ. އޭގެތެރޭގައި ހިނެނީ ތިން ދިވެހިންނާއި 4 ބިދޭސީންނެވެ. މިއާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ. މި ކޭސްތަކާބެހޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މި ހަތް މީހުންގެ ކުރިން ކޯވިޑް-19 އަށް މާލެއިން މިއަދު ޕޮޒިޓިވްވި 08 މީހުންގެ ތެރެއިން ތިން މީހަކީ ފްލޫ ކުލިނިކަށް ދެއްކި މީހުނެވެ. އަދި މިއަދު ޕޮޒިޓިވް ވި އެއްވެސް މީހެއްގެ އަލާމާތެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 06 ދިވެހިންނާއި، 02 ބިދޭސީންނެވެ. މި އެންމެންވެސް ދިރިއުޅެނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދުގެ ކޭސްތަކާ ގުޅޭ އިތުރު މަޢުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ މިއަދު ފެނުނު 53 ވަނަ މީހާ އަކީ ދިވެއްސެއް ކަމަށާއި، އޭނާ އަކީ ބީއެޗްއެމްގައި އުޅޭ ޑެލިވަރީ ސްޓާފެއް ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝް ދެ މީހުންނަކީ މާލޭގެ އިހުސާން ފިހާރައިގައި މަސައްކަތްކުރާ މީހުންކަމަށާއި، ބީއެޗްއެމާއި، އިހްސާނުން ގިނަ ފިހާރަތަކެއް ހިންގަމުން އަންނައިރު އިތުރު މައުލޫމާތު ސާފުވަމުންދާވަރަކަށް އެކަން ހިއްސާކުރައްވާނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހަކު ހިމެނޭ ކަމަށާއި ޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅުކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭން ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަލުވި މިނުގައި ކުރިޔަށްދާ ކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އެގޮތުން ކޭސް 34 އާއި ގުޅުންހުރި 454 މީހުންނާއި، ކޭސް 37 އާއި 49 އާ ދެމެދުގެ އިތުރު 35 މީހުންނާއި، ކޭސް 50 އަދި 51 އާ ގުޅޭ 50 މީހުންގެ އިތުރުން ކޭސް 52 އާ ގުޅޭ 150 ށް ވުރެ ގިނަ މީހުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވް 67 މީހުން މިހާރު ފެނިފައިވާއިރު 4139 ސާމްޕަލް ވަނީ ނަގާފައެވެ. 3834 ސާމްޕަލް ނެގެޓިވް ވެފައިވާއިރު، 245 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. މިވަގުތު ރާއްޖޭގެ އެކްޓިވް ކޭސް ގެ ގޮތުގައި ތިބީ 49 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން