އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ރަމަޟާންމަހުގެ ހަނދު ފެނިގެން ހެކިބަސް ނެގުން ފޯނު މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ފާއިތުވި އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވޭނެ އިންތިޒާމު، ރަށުގައި ނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ އެ ޑިޕާޓްމަންޓުގައި ހަމަޖެހިފައިވާނެ ކަމަށެވެ.

ނަމަވެސް މިދުވަސްވަރަކީ ކޯވިޑް-19 އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށްވާތީ ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާ ނަމަ ރަށެއްގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުން އާންމުކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް އިޢުލާނުގައި ވެއެވެ.

މާލޭގައި ނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް 7704777 ނަންބަރު ފޯނަށް ގުޅުއްވުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ.

ޑީޖޭއޭގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް އަންނަ ބުދަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިރުއޮއްސި 7:30 އަށް އެ ޑިޕާޓްމަންޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން