ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން އޯވަރ ޑޯޒް ވެގެން، ޖަރުމަނުގައި ހަތަރު މީހުން އެޑްމިޓްކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު އެޑްމިޓް ކޮށްފައިވާ މިހަތަރު މީހުންނަކީ ހެސިއްހީ ޚިދުމަތް ތެރީންނެވެ. އެމީހުން އެޑްމިޓް ކުރީ ވެކްސިން ބޭނުން ކުރަންޖެހޭވަރަށް ވުރެ ގިނައިން ބޭނުން ކުރުމުންނެވެ. މިގޮތުން މި ހަތަރު މީހުންނަށް އޮޅިގެން ފަސް ފަހަރު ވެކްސިން ދެވިފައިވެއެވެ.
ވެކްސިނަށް އޯވަރ ޑޯޒް ވެގެން ހަތަރު މީހަކު އެޑްމިޓްކުރެވިފައިވާއިރު ޖުމްލަ އަށް މީހަކަށް މިހާތަނަށް މިވެކްސިން އިތުރަށް ދެވި އޯވަރ ޑޯޒް ވެފައިވާކަމަށްވެއެވެ. އަދި މިއެންމެންނަކީވެސް ދުވަސްވީ މީހުން ބަލަހައްޓަމުންދާ މަރުކަޒެއްގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނެވެ. އެމީހުން އޯވަރ ޑޯޒް ވެފައިވަނީ ފައިޒަރ އަދި ބިއޯންޓެކްގެ ވެކްސިން އިތުރަށް ދެވިގެންނެވެ.
މިގޮތަށް ވެކްސިނަށް އޯވަރ ޑޯޒް ވެއްޖެނަމަ އޯވަރ ޑޯޒް ވި މީހުން މޮނީޓަރކޮށް، އެއްވެސް އިތުރު އަލާމާތެއް ފެންނަނަމަ ވަކިވަކި އަލާމާތްތަކަށް ފަރުވާދިނުމަށް ވެކްސިން އުފައްދާފައިވާ ފައިޒަރ އަދި ބިއޯންޓެކް އިން ވަނީ ލަފާ ދީފައެވެ.
ޖަރުމަނުގައި އޯވަރ ޑޯޒް ވެގެން އެޑްމިޓް ކުރި މީހުންގެ ފަރާތުން އާދައިގެ ހުމަކުން ފެންނާނެފަދަ އަލާމާތްތަކެއް ފެނިފައިވާކަމަށް ވެއެވެ. ނަމަވެސް އޯވަރ ޑޯޒްވި އިތުރު ހަތަރު މީހުންގެ ފަރާތުން އަލާމާތެއް ނުފެނުމުން އަރާމުކުރުމަށް އިރުޝާދުދެވިފައިވެއެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު