އެންމެ ފަހުން ޑރ. މުހައްމަދު އިޔާޒުގެ ހަމަލާ ރައީސް ޔާމީނަށް އަމާޒުވުމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހެޔޮ ނަސޭހަތެއް ދެއްވަފިއެވެ.

މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޢަބްދުﷲ ޔާމިނަށް ނިސްބަތް ކުރަށްވައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައުމު އިސްލާހްކުރަން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިގެންނެވީމާ އެކަން ނުކުރަށްވައި މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮއެދޭ އެންމެން ޖަލަށް ލައި، އާންމުކޮށް "ބެގް ބްރޯ އޯ ސްޓީލް" ގެ ސިޔާސަތު ފެތުރުމަށް އުޅުއްވީމާ ވީ ގޮތް ކަމަށެވެެ. އަދި ހަގީގަތް އޮޅުވާ ނުލައްވާ އެކަން ގަބޫލުކުރެއްވުމަށް ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައްދު ދެއްވަމުން ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ޖަލުގައި ބަންދުވެފައި އޮތް މީހަކާއި ދިމާއަށް މިނިވަން ހާލަތުގައި ހުރި މީހަކު އެއްޗެހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ. އަދި ޓުވިޓަރގައި މީހުންނަށް އެއްޗެހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށެވެ.



މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ "ބައިގަނޑު ގިނަކޮށް" އެމީހުން ނެރެގެން ކުރާނެ ވަކި ކަމެއް ނޯންނާނެކަން މިހާދިސާއިން ވަރަށް ސާފު ކަމަށާއި ހައްލަކީ ތައުބާ ވުން ކަމަށެވެ. ޑރ. އިޔާޒު މިވާހަކަ ޓްވީޓް ކުރަށްވާފައިވަނީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ގެ ހަދީޘް ބަސްފުޅަކާ ވެސް އެކުގައެވެ.

ޑރ އިޔާޒްގެ ވާހަކައަށް ގިނަ ބަޔަކު ދަނީ ރައްދު ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް