ބަނގްލަދޭޝްގެ ހެލްތު މިނިސްޓަރު ޒާހިދް މާލިކް
ބަނގްލަދޭޝްގެ ހެލްތު މިނިސްޓަރު ޒާހިދް މާލިކް
ބަންގްލަދޭޝްގައި މިއަދު މަރުވި 7 މީހުންނާއެކު، އެގައުމުން ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން މަރުވި މީހުންގެ އަދަދު 91 އަށް އަރައިފިއެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ޒާހިދް މާލިކާ ހަވާލާދީ ދަ ނިއު ނޭޝަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުން 312 މީހަކު ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވާކަމަށާއި 7 މީހަކު ބަލީގައި މަރުވެފައިވާކަމަށެވެ. . މިނިސްޓަރ ވިދާޅުވީ ބަންގްލަދޭޝްއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،456 އަށް އަރާފައިވާއިރު، ފާއިތުވި 4 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 2،634 ސާމްޕަލް އެގައުމުގެ އެކި ސަރަހައްދުތަކުން ޓެސްޓުކުރެވިފައިވާކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 9 މީހަކު ބަލިން ރަނގަޅުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު މާލިކް ވިދާޅުވީ އާ ކޭސްތައް ރިޕޯޓުކުރި ސަރަހައްދުތަކަށް ވަރަށް ފަހުން ޑާކާއާއި ނާރާޔަންގަންޖުން މީހުން އައިސްފައިވާކަމަށެވެ.

އެގޮތުން މިނިސްޓަރ މާލިކު ވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވަނީ މިގޮތަށް ކުރާ ދަތުރުތަކުގެ ސަބަބުންކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން