ކޮރޯނާވައިރަސް އިން ފެތުރޭ ކޯވިޑް-19 އަށް ޕޮޒިޓިވް އިތުރު މީހަކު ކުރެއްދޫ ރިޒޯޓުން ފެނި ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 10 އަށް އަރައިފިއެވެ. މިފަހަރުވެސް ޕޮޒިޓިވެ ވަފައިވަނީ ބިދޭސީއަކު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކުރެއްދޫއިން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހަކު ޕޮޒޮޓިވް ވުމާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޖުމަލް 10 އަށް އެރީއެވެ. އަދި މިބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފެނުނު ކުރެއްދޫން ބަލި ޖެހުނު މީހުންގެ ޖުމްލަ ފަހަކަށް އެރީއެވެ. މީގެއިތުރުން ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި އެހެން މީހުންނަކީ ސޭންޑީސް ބަތަލާ ރިޒޯޓުން 5 މީހުން، ކުރަމަތި މޯލްޑިވްސްއިން 2 މީހުން، އަނަންތަރާ ދިގު މޯލްޑިވްސް ރިޒޯޓުން އެކަކެވެ.

މިހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ. މީގެތެރޭގައި ހިމެނެނީ ފަތުރުވެރިންނާއި ރިޒޯޓްތަކުގައި މަސައްކަތް ކުރާމީހުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން