އިރާނުގެ ސިއްހީ ހިދުމަތްތެރިން
އިރާނުގެ ސިއްހީ ހިދުމަތްތެރިން
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިރާނުގެ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 63 މީހަކު މަރުވެފައިވާކަމަށް އިރާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ތެހްރަން ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކެވި އެ މުއައްސަސާގެ ސްޕޯކްސްޕާސަން، ކިއާނޫޝް ޖޯހަންޕޯރ އިއްޔެ ވިދާޅުވީ ކޯވިޑް-19 ގައި މަރުވާ ސިއްހީ ހިދުމަތްތެރިންނަށް އެގައުމުގައި ނިސްބަތްކުރާނީ "ސިއްހީ ހިދުމަތުގެ ޝަހީދުން"ގެ ގޮތުގައި ކަމަށެވެ.

އޭގެއިތުރުން ޖޯހަންޕޯރ ވިދާޅުވީ ސިއްހީ ހިދުމަތުގެ ޝަހީދުންގެ އަދަދު މިހާރު ރަސްމީކޮށް އިއުލާނުކުރެވިފައިވާ އަދަދަށްވުރެ ގިނަ ވާނެކަމަށާއި، ކޯވިޑް-19 ޖެހިފައި ތިބި ބަލިމީހުންނާ ސީދާ ބައްދަލު ނުވެ ބަލިޖެހިގެން މަރުވެފައި ތިބި ސިއްހީ ޚިދުމަތްތެރިން ރިކޯޑު ނުކުރެވި ހުރެދާނެކަމަށެވެ.

އިރާނުގައި ބަލި ޖެހުނު މީހުންގެ އަދަދު 82،211 އަށް އަރާފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 5،118 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން