ބޮޑުވަޒީރު ޝައިޚް ހަސީނާ
ބޮޑުވަޒީރު ޝައިޚް ހަސީނާ
ކޯވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް ރައްޔިތުންނަށް ކާބޯތަކެއްޗަށް ދަތި ނުވާނެކަމަށް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ޤާނޫނުހަދާ މަޖިލިސް މެންބަރު އަދި ކުރީގެ ލޭންޑް މިނިސްޓަރު، ޝަމްސުއްރަހްމާން ޝަރީފް ނިޔާވުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އިއްޔެ ވާހަކަދައްކަވަމުން ބޮޑުވަޒީރު ހަސީނާ ވިދާޅުވީ ކާބޯތަކެއްޗަށް ދަތިނުވާނެކަމަށާއި، ކޯވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަން ހޯދައިދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާފައިވާނެކަމަށެވެ.

ޝައިޚް ހަސީނާ ވިދާޅުވީ ކާބޯތަކެތީގެ ދަތިތަކެއް ދިމާނުވާކަމަށާއި ނުވެސް ވާނެކަމަށެވެ. އެހެންނަމަވެސް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް މަޑު ޖެހިގެން ނުވާނެކަމަށް ވިދާޅުވެ އެކަމަނާ ވިދާޅުވީ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުރުމަށް ހަތަރެއް އިންސައްތަ އިންޓްރެސްޓް ރޭޓުގައި ސަރުކާރުން ލޯނު ދޫކުރާނެކަމަށެވެ.

އޭގެއިތުރުން، ތަރައްޤީގެ ބައެއް ޕްރޮޖެކްޓުތަކަށް ކަނޑައަޅާފައި ހުރި ފައިސާއިން ރައްޔިތުންގެ ކަންކަން ފުރިހަމަ ކުރުމަށް ޚަރަދުކުރައްވާނެކަން ޝައިޚް ހަސީނާ ވަނީ ފާހަގަކުރައްވާފައެވެ.

ޝައިޚް ހަސީނާ ވަނީ ޝަމްސުއްރަހްމާނަކީ ސަރުކާރަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަން ފާހަގަކުރައްވާ އޭނާގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. އަދި ޝައިޚް ހަސީނާގެ ވާހަކަފުޅުގައި ޝަމްސުއްރަހްމާންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން