ރާއްޖޭގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ލިބޭ މީހުންގެ ތެރޭގައި ޓުއަރިޒަމް ދާއިރާގެ މުއައްޒަފުން ހިމެނެންވާނެ ކަަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރ މުހައްމަދު ނިހާދު ވިދާޅުވެއްޖެެއެވެ.
ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށާނެކަމަށެވެ. ރާއްޖޭގައިވެސް އެންމެ ފުރަތަމަ ވެކްސިން ދޭނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
"ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ލިބޭ މީހުންގެ ލިސްޓުގައި ޓުއަރިޒަމް ދާއިރާގެ މުއައްޒަފުން ހިމެނެންވާނެ! އެދާއިރާގެ މުއައްޒަފުންގެ މުސާރަ އިއާދަ ކުރުމަށާއި ދިވެހީންނަށް ވަޒީފާގެ އިސްކަން ދިނުމަށް ގޮވާލަން! އަދި އެ މަގަށް މަސައްކަތް ނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލަން!" ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މާލޭ އޭރިއާގައި ކޮވިޑް ކޮންޓްރޯލް ކުރެވި ބޮޑެތި ލުއިތައް ދެވެމުން އަންނައިރު ކުދި ވިޔަފާރިތަކަށް ފަހިކުރުމަށް 24 ގަޑިއިރު ޚިދުމަތްދޭ ފިހާރަތަކަށް ހުއްދަ ދިނުން ވަރަށް މުހިއްމުކަމަށާއި، ބާޒާރު ކުރުމުގައި ގައިދުރުކަން ބޮޑުކޮށް ބެހެއްޓޭނީ ގިނަ ވަގުތު ފިހާރަ ހުޅުވިފައި ހުރެގެން ކަަމަށްވެސް ވިދާޅުވެފައިވެއެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ދަނީ ވަމުންނެވެ.
ޤައުމީ ފެންވަރުގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ރައްކާކުރާނެ ގޮތާއި ވެކްސިން ދޭނެ ގޮތް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އަދިކޮވިޑް ވެކްސިން އާބާދީގެ ތިނެއް އިންސައްތައަށް ޚާއްސަކޮށްފައިވާއިރު އޭގެތެރޭގައި ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތައް ބިމެނެއެވެ. އަދި ވެކަސިންގެ 17 އިންސައްތަ ޚާއްސަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު