ހުޅުމާލޭގައި އެސްޓީއޯއިން ޚަރަދުކޮށްގެން ބޮޑު ގެސްޓް ހޮޓަލެއް އިމާރާތް ކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. މި ހޮޓަލަކީ ހުޅުމާލޭގައި ވިޔަފާރިތަކަށް ފުރަތަމަ ދޫކުރި ބިންތަކުގެ ތެރެއިން ބިމެއްގައި އެސްޓީއޯއިން އާންމު ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހަދާ އިމާރާތެކެވެ. މިއީ ތެޔޮކޮޅު ވިއްކާލައިގެން ލިބޭ އާމްދަނީއަށް ބުރަވެ އޮންނަ އެސްޓީއޯއިން ރާއްޖޭގެ އެންމެ އަގުބޮޑު އެންމެ ޑިމާންޑް އޮތް ވިޔަފާރީގެ ތެރެއަށް ވަނުމަށް ކުރަން ފެށި މަސައްކަތެކެވެ. ކޮންމެ އެމްޑީއެއް ވަޑައިގެން ވެސް ދައްކަވަނީ މޮޅެތި ވާހަކައެވެ. އެންމެ ފަހުން ވަޑައިގެން އެމްޑީ 2018 ގެ ޑިސެންބަރު މަހު ދެއްކެވީ އެ ހޮޓާ ވިއްކާލާ ވާހަކައެވެ.

2011 ވަނަ އަހަރު އެސްޓީއޯއިން ހުޅުމާލޭގައި ފަސްތަރީގެ ހޮޓަލެއް އިމާރާތް ކުރުމުގެ ކުރަމުން ދިޔަ މަސައްކަތް 2014 ވަނަ އަހަރު ހުއްޓުނީ ހޮޓާ ގާއިމުކޮށް ހިންގުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދައިގެން އެމަސައްކަތް ކުރިއަށް ގެންދިޔަ ރެޑިސަން ކުންފުނިން އެ މަސައްކަތް ހުއްޓާލައި އެއްބަސްވުން އުވާލުމުންނެވެ. އެސްޓީއޯއިން އޭރު މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ރެޑިސަން ބްލޫ މޯލްޑިވްސްގެ ނަމުގައެވެ.

އެސްޓީއޯއިން 250 އެނދުގެ މިހޮޓާ ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ވަނީ ތައިލެންޑްގެ އެކްސިމް ބޭނުްކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގާފައެވެ.

މިސަރުކާރު އައިފަހުން އެސްޓޯއިން ބުނެފައި ވަނީ އެ ހޮޓާ ވިއްކާލަން މަސައްކަތް ކުރާ ކަމަށެވެ. އޭރު އެސްޓީއޯއިން ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ ހޮޓާ އިމާރާތް ކުރުމުގެ މައިގަނޑު މަސައްކަތްތައް މުޅިންހެން ނިމިފައިވާ ކަމަށާއި އޭރު ކުރަމުން ދަނީ ފަރުނީޗަރު ލުން ފަދަ އިންޓީރިއާ މަސައްކަތްތައް ކަމަށެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެސްޓީއޯއިން ވަނީ ހޮޓާ ވިއްކާލަން އިޢުލާން ކޮށްފައެވެ. ނަމަވެސް އޭގެފަހުން އެސްޓީއޯއިން އެކަމާއި ގުޅިގެން އިތުރު ވާހަކައެއް ދައްކާފައެއް ނުވެއެވެ. ވީ ގޮތެއްވެސް ނޭނގެއެވެ. ހުސްވި އަހަރުގެ އަހަރީ ހިސާބުތައް އިޢުލާން ކުރިއިރުވެސް އެ މަޝްރޫޢުން 210 މިލިއަން ރުފިޔާ ގެއްލުންވި ކަމަށް ނިންމުން ފިޔަވައި އެހެން ކަމެއް އެސްޓީއޯ އަމުރަށް ކުރެއްވުނު ކަމަކަށް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

އޭގެ ފަހުންވެސް އެ ހޮޓާ އެހެރީއެވެ. އެތައް މިލިއަން ރުފިޔާއެއް ވީރާނާވެ ވަޔަށް އާތްވަށް އަރައިގެން ދާއިރުވެސް އެސްޓީއޯ އަމުރު އެކަމާއިމެދު އެއްވެސް ވަރަކަށް އަޅާލެއްވުމެއް ނެތި އެހެން ކަންކަމާއި އުޅުއްވާތީ ގިނަ ބައެއްގެ ފާޑުކިއުން އެސްޓީއޯ އަމުރަށް އަމާޒުވަމުންދާކަން ފާހަގަކުރެވިގެން އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ވާޖިބު އަދާކޮށް އެކަން މި ސަރުކާރުގެ ސަމާލުކަމަށް އާދޭތޯ މި ވާހަކަ ލިޔެލަން ގަސްތުކުރީއެވެ.

"ހުޅުމާލެ ގެސްޓް ހޮޓާ އެއޮށް ވީރާނާވަނީ އެވެ. އެސްޓީއޯގެ އެމްޑީ އަމްރު އުޅުއްވަނީ ޑިޖިޓަލް ބޭންކެއް ހުޅުވާށެވެ. ވަގުތުންވަގުތަށް ހުއްޓާލާށެވެ. ތިޔަ އުޅުއްވަނީ ފައިސާ ކާނެ އަނެއް ހިންތާ ހަދާށެވެ. މުޅި އެސްޓީއޯ ހަފުސް ވެދާނެއެވެ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ތްރީ އެޕަލް މޯލްޑިވްސް ކުންފުނީގެ ޗެއަރމަން ހަސަން މާހިރު ހުސައިން ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް ރަނގަޅު ވާހަކައެއް ވާނީ ހަމަ ރަނގަޅު ވާހަކައަކަށެވެ. ހުއްޓިފައިވާ ބޮޑު ސިންގާ ޕްރޮޖެކްޓެއް، ރައްޔިތުންގެ އެތައް ފައިސާއެއް ވީރާނާވެ އާތްވަށް އަރައިގެންދާއިރު އެކަން ރަނގަޅު ނުކުރަށްވައި ޑިޖިޓަލް ބޭންކެއް ހުޅުވައިގެން އަނެއްކާ އަނެއް ގޮތަކުން ފައިސާ ގަނޑެއް ޚަރަދު ކުރެވޭތޯ އުޅެންވީތޯ ނޫނީ މިހާރު ފޫގޮސްގެން ލީކްވާ ތަންތަން ބަންދަން މަސައްކަތް ކުރަންވީތޯ މިއީ ވެސް ރައްޔިތުން ކުރާނެ ސުވާލުތަކެވެ.

ފުޅާ ދާއިރާއެއްގައި ހިންގާ ގައުމީ ބޭންކަކާއި އެތައް ވިޔަފާރި ބޭންކްތަކެއް ހުއްޓާ އެސްޓީއޯއިން ކޮންމެވެސް ނަމެއް ކިޔައިގެން ބޭންކިންގގެ ދާއިރާއަށް ވަންނާން މަސައްކަތް ކުރުން އާންމު ބައެއް ފަރާތްތަކުން ސިފަކޮށްފައި މިވަނީ ރައްޔިތުންގެ ކުންފުންޏެއް ހަފުސްކޮށްލައި ޖީބަށް ލާނެ ފައިސާކޮޅެއް ނެގޭނެ ގޮތެއް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.

އާންމު ވިޔަފާރީގެ ތެރެއަށް އެސްޓީއޯ ވެއްދުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫނެވެ. އެކަމަކު އަމިއްލަ ޖީބަށް ފައިދާވާނީ ކުދި ކުދި ވިޔަފާރިކޮށްގެން ވަތްގަނޑަށްވެސް އަތް ބާނައިގެން ކަމަށްވާތީ އަމުރަށްވެސް ރަނގަޅުވާނީ އެގޮތްތާއެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަމްރު

18-Dec-2020

އަޅުގަނޑުމެންނަކަށްވެސް ހުރިހާ ނޫސްތަކަށް ސްޕޮންސަރ އެއް ނުދެވޭނެ. މި ނޫހަށް ވެސް ސްޕޮންސަރ ދޭނަންއަދި. މިވަގުތަށް ހަމަޖައްސާލާ!


6

ބިސް

18-Dec-2020

ހުސެން އަމުރުގެ އެ ގާބިލުކަމެއް ނެތޭ...ނަޝީދުގެ ތިމާގެ ސޮރެއްވީމަ ގެންގޮސް އެސްޓިއޯއަށް ވައްދާފަ އެހެރީ...ކުރީ އެމްޑީޕީ ދައުރުގަ އެމްޓީސީސީ ހަވާލުކުރީމަ އެކުންފުނި އޮތީ މުވައްޒަފުން ވަކިކޮށް ބޭންކުރަޕްސީ އިއުލާންކުރާ ހަމައިގަ އެމީހުންގެ ވެރިކަން ވެއްޓުނު އިރު.... ެެިެެެެިެ ެެިެެިެެެިެެިެެިެެިެެެިެެެެިެެިެެެިެެިެެިެ


11

ޙަސަންކަލޯ

18-Dec-2020

ދިވެހިރައްޔިތުންނަށް ވާގެއްލުމަށްވުރެ ހަސަންމާހިރަށް ވާގެއްލުމަކީ ކޮބައިތޯ ވަރަށްގިނަ ރައްޔިތުން ސުވާލުކުރޭ.



ޓްރެންޑިން