އިންޑިޔާގެ ސޫތުކުޅިން އައްޑޫއަށް ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރު ފާހަގަކުރުމަށް މިދިޔަ ބުރާސް ފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެޙަފްލާގެ ޝަރަފްވެރި މެހުމާނުގެ އުފާލިބި ގަތުމާއެކު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީ އަކީ މުޅިރާއްޖޭގެ ވެސް ތަރައްޤީ ކަމަށެވެ.

އަސްލަމް ވިދާޅުވީ، "އައްޑޫގެ ތަރައްޤީ އަކީ މުޅި ރާއްޖޭގެ ތަރައްގީ، އެއީ މިސަރަޙައްދުގެ ތަރައްގީ، ހުވަދޫގެވެސް ފުވައްމުލަކުގެވެސް ތަރައްގީ، ހައްދުންމަތީގެވެސް ތަރައްގީ އެއީ، އެއީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ބޮޑު ތިލަދުންމަތީގެވެސް ތަރައްގީ، އެއީ ފާދިއްޕޮޅުގެވެސް ތަރައްގީ" ކަމަށެވެ.

ހަގީގަތުގައިވެސް އަސްލަމް ވިދާޅުވީ ތެދުފުޅެކެވެ. ނަމަވެސް މިފަދައިން މަޖިލީހުގައި ބަސްވިދާޅުވުން އަސްލަމްވެސް ޖެހިލުން ވެއެވެ. މިފަދަ ޙަފްލާއެއްގައި އަދި ޚާއްސަކޮށް އައްޑޫގައި ބޭއްވި މިފަދަ ކަމެއްގައި އަސްލަމް މިހެން ވިދާޅުވިއިރު ސިޔާސީ ގޮތުން އިންތިޚާބެއް މިއޮތީ ބޯމަތި ވެފައެވެ. އައްޑޫ ސިޓީގެ ގިނަ މެމްބަރުން މިފަދަ ދުވަސްވަރު ތަކަށް ޚާއްސަކޮށް ދޮންވެ ފައްކާވެ ވަރަށް ތިޔާގި ވެއެވެ. ނަމަވެސް އަސްލަމް މިފަހަރު ދެއްކީ ހަމަ ރަނގަޅުވާހަކަ އެކެވެ.

މުޅިރާއްޖެ ތަރައްގީ ވުމަކީ އައްޑޫ ތަރައްގީ ވުމެވެ. މިފަދަ މޭރުމަކުން މީގެ ކުރިން ރައީސް ނަޝީދުވެސް ބަސްފުޅެއް ވިދާޅު ވިއެވެ. މިއީ ހަގީގަތުގައި އާވަހަކަ ތަކެއް ނޫނެވެ. ނަމަވެސް މިއީ ހަގީގަތެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީވެ ނިމޭއިރު އައްޑޫ ތަރައްގީ ނުވެ އޮތިއްޔާ ހަމަ ބުނެވޭނީ ރާއްޖެ ތަރައްގީ ނުވާކަމަށެވެ. އެހެން ކަމުން މިފަދަ ތަރައްގީއަކަށް އައްޑޫ މީހުން އިންތިޒާރު ދިގުލުމުގެ ފެހި ސިގްނަލެއް އަބަދުވެސް ސިޔާސީ ބޭފުޅުން ކުރިމަތި ކުރައްވައެވެ.

އެއްވެސް އެހެން ސަރަޙައްދެއްގެ ތަރައްގީއާއި ގުޅުވައިގެން މިފަދައިން އެއްވެސް ސިޔާސީ ބޭފުޅަކު ވިދާޅުވެ ބަސްބުނާ ތަނެއް އަދި އަޑުއިވިފައެއް ނެތެވެ. އެބަޔަކު އެބައެއްގެ ސަރަޙައްދު ތަރައްގީ ކުރަން ތާއަބަދު ވަކާލާތު ކޮށް އެކަމަށް މަގު ކޮށްޓަވަނީއެވެ. އައްޑޫގެ ސިޔާސީ ބޭފުޅުން ފާލު ބައްލަވާ އެކަން އޮތްގޮތް ހާމަ އެބަކުރައް ވައެވެ. އެކަން ޙާސިލު ކުރުމަށް އެއްވެސް ކަމެއް ނުކުރައްވައެވެ.

އައްޑޫ ތަރައްގީގެ އެކި ޒާތުގެ ކުރެހުންތައް އަބަދުވެސް ކޮންމެ އިންތިޚާބަކަށް ބޯމަތި ވުމާއެކު ތިލަވެގެން ދާނެއެވެ. ސިޔާސީ ބޭފުޅުން އައްޑޫ މީހުން ގުނބޯ ހައްދަނީ ހަމަ ވަރަށް ފަސޭހަ ކަމާއެކުގައެވެ. މިގޮތުން މުޅިން އާކުރެހުމެއްގެ ސުރުޚީ މިފަހަރު އަނެއްކާ އަސްލަމް އަޅުއްވައި ފިއެވެ. އެއީ އައްޑޫގެ މިހާރު އޮތް ބަނދަރަކީ ބޮޑެތި އާގުބޯޓުތައް ކައިރި ނުކުރެވޭ ބަނދަރެއް ކަމުން މިސަރުކާރުން އެފަދަ ބޮޑެތި އާގު ބޯޓުތައް ކައިރި ކުރެވޭ ގޮތަށް ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށް އަސްލަމް އުއްމީދު ކުރައްވާ ވާހަކައެވެ. އަދި އެކަމަށް މަސައްކަތް ކުރައްވާނެ ވާހަކަވެސް ވިދާޅުވިއެވެ. އަސްލަމަކީ މިފަދައިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫ ރައްޔިތުން ގާތު ވަރަށް ގިނައިން ވިދާޅުވާ ބޭފުޅަކެވެ.

އަސްލަމް އިތުރަށް ވިދާޅުވީ "އެތައް ޒަމާން ތަކަކަށް ރައްޔިތުން ކުރަމުން އައި އުއްމީދުތައް ހުއްޓި ވަޅުޖެހިފައި އޮތް އޮތުމުން، ނިކުމެވޭނީ އާ ވިސްނުމެއްގައި އެކުގައި ގުޅިގެން މަސައްކަތްކޮށްގެން" ކަމަށެވެ. އަސްލަމްގެ ވިސްނުންވެސް މިހާރު މިއޮތީ ބަދަލުވެ، ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުގައެވެ. ނަމަވެސް ހިތާމައަކީ ތިމާގެ ޕާޓީ ވެރިކަމެއް ނެތް ހިނދެއްގައި ގުޅިގެން މަސައްކަތް ކުރުމަކީ އަސްލަމަށްވެސް ޙަރާން ކަމެއް ކަމުގައި ވެފައި ވީތަން އައްޑޫ ރައްޔިތުންނަށް ދާދި ފަހަކާ ޖެހެންދެން ފެނިފައިވާ ކަމެވެ. ނަމަވެސް މިހާރު ޕާޓީ ވެރި ކަމުގައި އޮތުމުން ގުޅިގެން މަސައްކަތް ކުރުން ޙަލާލު ވެއްޖެއެވެ. މީގެ ކުރިންވެސް އައްޑޫގެ އެތަކެއް ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދުނެވެ. އޭރު އަސްލަމްވެސް ދެއްވީ ބީރު ކަންފަތެކެވެ.

ރާއްޖޭގެ އެހެން ހުރިހާ ސަރަޙައްދެއްގައި ތަރައްގީއަށް މަސައްކަތް ކުރެވުނީ އެއްބަޔަކު އަނެއްބަޔަކަށް ގުޅިގެން ކަމީ ފެންނަން އޮތް ހަގީގަތެކެވެ. މިއީ ހަރުދަނާ ސިޔާސީ މީހުންގެ ވިސްނުމާއި ފިކުރެވެ. ނަމަވެސް އައްޑޫއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ ވިސްނުން މިފަދަ ގޮތަކަށް ހުރިކަމަށް ހެކި ލިބޭނެ ސާޢަތެއް ފެންނާކަށް ނެތެވެ. އަސްލަމް އެވެ. ރައްޔިތުން މިފަހަރު ތިއްބެވީ ގުޅިގެން މަސައްކަތް ކުރާށެވެ. މަނިކުފާނު އަވަހަށް ކުރިއަށް ވަޑައިގެން ރައްޔިތުންނަށް މަނިކުފާނުގެ ހިތްވަރާއި ފެންވަރެއް ދައްކަވާލަ ދެއްވާށެވެ.

އަދިވެސް ބުނެލަން އޮތީ އަސްލަމް އެވެ. ތިޔަ ދެއްކެވީ ހަމަ ރަނގަޅު ވާހަކައެކެވެ. އައްޑޫ ތަރައްގީއަކީ މުޅިރާއްޖޭގެ ތަރައްގީއެވެ. ހުރިހާ ސަރަޙައްދެއް ތަރައްގީވެ އައްޑޫ ތަރައްގީ އާއުސްމިން ތަކަކަށް ދަތުރު ނުކުރާނަމަ ރާއްޖެ ތަރައްގީ ވިކަމުގައި ނުބެލެވޭނެއެވެ. މަނިކުފާނަށް ފަށްފަށުން ޝުކުރު ޙައްގެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު


15

ރިނީ

13-Dec-2020

އަސްލަމްވާސަރީ ހާރިތިބަސްތަކޭ އައްޑޫރައްޔިތުންނައް ކުރައްދާފރެް ަަަަަަަަަަަަަަަަަަެނެރީގޭ އަންނި ވެސް އައްޑޫއާ ބެހޭ ގޮތުން ވަރައްވެސް ފަޝުވިއިބާރާތުން ރައްޔިތުން ގުބޯހައްދާނެ ލޯބިވާރައްޔިތުންނޭ ތިމަކަރުވެރި ހީލައްތެރި ތާއަބަދު ަަަަަަަަައަސަވާ ބޯހުންނަނީވިސްނަން ދިވެހިޑްރާމާ ވެސް ގިނައިން ބެލީމަކިހާފޫހި ތީރައްޔިތިން ބިކައްކޮއްލި ވެރިން ރައްޔިތުން ޓެކްސް ފައިސާ ޖީބައްއަޅާހުސްކޮއްލިީޓެކްސް ނުނަގާނަމޭ ސްޓިކާނުޖަހާނަމޭޖޫރިމާނާ ނުކުރާނަމޭ ލޯނުނުނަގާނަމޭ ކިހާމޮޅުކިހާސަޅި ދޮވުވެތިމް މަކަރުވެރިންއ



ޓްރެންޑިން