ރައީސް ޞާާާލިިޙް ކޯވިޑް-19 ގެ ޓާސްކްފޯސްއާއެކު
ރައީސް ޞާާާލިިޙް ކޯވިޑް-19 ގެ ޓާސްކްފޯސްއާއެކު
ޞިއްޙީ ޚިދުމަތްތެރީންނަށް އަޅުގަނޑުމެން ދަރާފައިވާ މިންވަރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤުވާމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ތިބި ޞިއްޙީ ޚިދުމަތްތެރީންނަށް އަޅުގަނޑުމެން ދަރާފައިވާ މިންވަރު ބޮޑު ކަމަށެވެ.

"ކޯވިޑް-19 އިން އަޅުގަނޑުމެން ރައްކާތެރި ކުރުމަށް ޞިއްޙީ މާހިރުން ރިސްކް ނަގައިގެން ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި ބޮޑު." ރައީސްގެ ޓްވީޓްގައިވެ އެވެ.

އަދި މިއަހަރުގެ ދިވެހި ޑޮކްޓަރުންގެ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ ގައުމަށްޓަކައި ޑޮކްޓަރުން އެތައް ގުރުބާނީއަކާއެކު އަވަދިނެތި ބުރަބޮޑު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ދަނޑިވަޅެއްގައި ކަމަށް އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.

މި ދަނޑިވަޅުގައި ދިވެހި ޑޮކްޓަރުންގެ ހުރިހާ ވަގުތެއް، ހުސްކޮށްފައި ވަނީ ރައްޔިތުން ކޯވިޑް-19 އިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އަޅުގަނޑުމެން ޑޮކްޓަރުންނަށް ދަރާފައިވާ ކަމަށާއި، ޑޮކްޓަރުންގެ މަސައްކަތަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ގެ ޓުވީޓް ނިންމަވާ ލައްވާފައިވަނީ ޑޮކްޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން