މާލޭގައި ތޮއްޖެހިގެން އުޅޭ ބަންގްލަދޭޝް މަސައްކަތްތެރީން ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ
މާލޭގައި ތޮއްޖެހިގެން އުޅޭ ބަންގްލަދޭޝް މަސައްކަތްތެރީން ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ
ކޯވިޑް-19 އަށް މާލެއިން ބަންގްލަދޭޝް ރައްޔިތަކު ބައްޔަށް ޕޮޒިޓިވްވެ ބަލި ފެތުރުމުގެ ނުރައްކާ އިތުރަށް ބޮޑުވެއްޖެއެވެ.

މާލޭގައި ދިރިއުޅެމުން ގެންދާ ބަންގްލަދޭޝް މަސައްކަތްތެރިންނަކީ ވަރަށް ބޮޑަށް ތޮއްޖެހިގެން ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅެމުން ގެންދާ އަދި ސާފުތާހިރުކަމުގެ ގޮތުން އެކަށީގެން ނުވާ މާހައުލު ތަކުގައި ދިރިއުޅޭ ބަޔަކަށް ވާތީ އެމީހުންގެ މެދުގައި ބަލި ފެތުރެން ފަށައިފި ނަމަ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން ދިޔައީ ދެމުންނެވެ.

މިގޮތުން ތޮއްޖެހިގެން ދިރިއުޅޭ މިފަދަ ފަރާތްތައް ދިރިއުޅެން ކަމުދާ ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. ކޯވިޑް-19 މާލޭގައި ފެތުރެން ފެށީ އެފަރާތްތަކުން އެމަސައްކަތް ފަށާފައި ވަނިކޮށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަދަ ހާލަތެއްގައި މާލޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ މެދުގައި ބަލި ފެތުރެން ފަށައިފި ނަމަ ބަލި ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ ރާއްޖޭގައި ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެދާނެ ކަމަށް ކުރިން ވެސް ވަނީ ބެލެވިފައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހާއާއިއެކު މާލެއިން މިއަދު އިތުރު ތިން މީހަކު މިއަދު މެންދުރާއި ހަމައަށް ކޯވިޑް-19އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފުރަތަމަ ބައްޔަށް ޕޮޒިޓިވް ވި 30 ވަނަ ކޭސް އަކީ ދިވެއްސެއް ކަމަށާއި، އޭނާ އަކީ މާލެއިން ބައްޔަށް ޕޮޒިޓިވް ވި 27 ވަނަ މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެއް ކަމަށެވެ.

އަދި މާލެއިން މިއަދު ޕޮޒިޓިވްވި ވި 31 ކޭސް އަކީވެސް ދިވެއްސެއް ކަމަށާއި އެމީހާ އަކީ 28 ވަނަ ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެއް ކަމަށެވެ.

މާލެއިން މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ 30 ވަނަ އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 32 އަށް އަރައިފައެވެ. އަދި ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެ މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިވަނީ 12 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން