ޖަމިއްޔަތުލް ސަލަފްގެ އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް ބިން ގާސިމް
ޖަމިއްޔަތުލް ސަލަފްގެ އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް ބިން ގާސިމް
މާތް ﷲ ހަރާމް ކުރައްވާފައިވާ ތަކެތި ހުއްދަކުރަން ގޮވާލާ ފާސިގުންނާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޖަމިއްޔަތުލް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލީ ރަމީޒް ބިން ގާސިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތްﷲ ހަރާމް ކުރައްވާފައިވާ ތަކެތި ހުއްދަކުރަން ގޮވާލާ ފާސިގުންނާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އެފަދަ މީހުން (މާތް ﷲ ހަރާމް ކުރައްވާފައިވާ ތަކެތި ހުއްދަކުރަން ގޮވާލާ) މީހުންނަށް ވޯޓް ދިނުމާއި އެފަރާތްތަކަށް ތާއިދުކުރުމަކީ އެމީހުންގެ ނުބައިކަމުގައި ބައިވެރިވެ އެކަމަށް ހިތްވަރު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިޝާރަތް ކުރައްވަމުން އަލީ ރަމީޒް ވިދާޅުވިއެވެ.



އަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރަކު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. ބަނގުރާ ބުއިމާއި ބަނގުރަލުގެ ވިޔަފާރި ކޮށް ހެދުމަކީ މާތް ﷲ މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަމެކެވެ.

ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ ޢިލްމްވެރިން ވެސް މީސް މީޑިއާގައި މިކަމާއި ދެކޮޅަށް އަޑުއުފުލާފައި ވެއެވެ.

ރައްޔިތުން މަޖިލީހުގައި ކުރިއަށް ދިޔަ ޓޫރިޒަމް ގާނޫނުގެ އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ދެމެންބަރަކު ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރާއިރު އެތަންތަނަށް ދާ ފަތުރުވެރިންނަށް ރަށުގެފަޅު ތެރޭގައި ނަމަވެސް ބަނގުރާ ލިބޭނެ ވަސީލަތެއް ގާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ރަށްރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށް އެ މެންބަރުން ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު