އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2020 - 17:10
ރާއްޖޭގެ ބެންކުތަކުން ނަގުދު ފައިސާގެ ގޮތުގައި ދުވާލަކު ނެގޭ މިންވަރު 2 ލައްކަ ރުފިޔާއަށް ލިމިޓްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ބުނީ ބެންކުތަކުން މީހަކަށް ނަގުދު ފައިސާ ނެގޭ މިންވަރު ދެލައްކަ ރުފިޔާއަށް ލިމިޓްކުރުމަށް ނިންމާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މިއީ އިލެކްޓްރޯނިކް އަދި ޑިޖިޓަލް ޓްރާންސެކްޝަންތަކަށް ބާރު އެޅުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެއިތުރުން މީގެ ސަބަބުން ފައިސާ ގެންގުޅުމުގައި ދިމާވާ "ރިސްކު" ވެސް ކުޑަވާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖޭގެ ބެންކުތަކުން ދުވާލަކު މީހަކަށް ނަގުދު ފައިސާ ނެގޭ މިންވަރު ދެލައްކަ ރުފިޔާއަށް ކޮންޓްރޯލްކުރަން ނިންމާފައިވާއިރު، ނަގުދު ފައިސާ ނެގުމަށް މީގެކުރިން ލިމިޓެއް ނޯވެއެވެ.



ކިޔުންތެރިންގެ ހިޔާލު