ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ހުވަދު އަތޮޅަކީ ރާއްޖޭގެ އިޤުތިޞާދުގެ ބޮޑު ނާރެހަށް ހަދާލެވިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ސަރަޙައްދީ ތަރައްޤީގެ ބަހުސް ބޮޑުވެފައިވާ މި ދުވަސްވަރު ހުވަދު އަތޮޅަށް ނިސްބަތްވާ ޑރ. ޝަހީމް ވިދާޅުވީ، ހުވަދު އަތޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި އިޤުތިޞާދުގެ ބޮޑު ނާރެހަށް ހަދާލެވިދާނެ ކަމަށެވެ. އަދި މުޅި ހުވަދު އަތޮޅަކީ އާދަޔާ ޚިލާފު ރީތިކަމާއި ޤުދުރަތީ މުއްސަނދިކަން އޮތް، އިންސާނީ ވަސީލަތްތައް ގިނަ، ތަޢުލީމީ މީހުން ވެސް ގިިނަ އަތޮޅެއް ކަމަށާއި، އޭގެ އިތުރުން ސިޔާސީ ލީޑަރުންގެ ތާރީޚެއް ވެސް އޮތް އަތޮޅެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ހުވަދު އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅު، އެންމެ ރަށްތައް ގިނަ އަތޮޅު، އަތޮޅުގެ ކުރިމަގާއި ތަރައްޤީއަށްޓަކައި އަތޮޅުގައި ތިބި ތަޢުލީމީ އެންމެހާ ޒުވާނުނާއި ލީޑަރުންގެ މެދުގައި ވިސްނުން އެއްގޮތް ކުރަން މަޝްވަރާ ކުރެވެންޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ހުވަދު އަތޮޅުގެ އުތުރާއި ދެކުނުގެ އަތޮޅު ކައުންސިލްތަކުން އަތޮޅުގެ ތަރައްޤީގެ އިސްތިރާތީޖީ (ސްޓްރެޓީޖިކް) ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ގުޅިގެން ކުރިއަށް ގެންދިއުމަކީ ރަނގަޅުކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްވެސް ކުރިއަށް ދާންވީ އެކުވެރިކަމާއެކު ގުޅިގެން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ދެކުނުގެ ސަރަޙައްދީ ތަރައްޤީގައި ހުވަދު އަތޮޅާއި ފުވައްމުލައް ބާކީ ކުރާކަމުގެ އަޑުތަކާއެކު ހުވަދުއަތޮޅަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ގެންދަވަނީ އާވިސްނުންތަކަކާއެކު އެ އަތޮޅަށް ތަރައްޤީ ގެނައުމުގެ މަސައްކަތް ފަށަންވެއްޖެ ކަމަށް ވިދާޅުވެ އަޑުއުފުއްލަވަމުންނެވެ. އަދި އައްޑުއަތޮޅާއި ހުވަދު އަތޮޅުގެ އިސް ފަރާތްތަކުގެ މެދުގައި ފޯރިގަދަ ބަހުސްތަކެއްވެސް މިކަމުގައި މިހާރު ވަނީ ފެށިފައެވެ.

އެކަމާ ގުޅިގެން ރައްޔިރުންގެ މަޖުލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އައްޑޫގައި ބައިނަލްއަޤުވާމީ އެއަރޕޯޓެއް ތަރައްޤީކޮށް ދެކުނުގެ ހަބަކަށް ހެދުމަކީ އޭގެ ފައިދާ މުޅި ދެކުނުގެ ހުރިހާ އަތޮޅަކަށް ކުރާނެ ކަމެއް ކަމަށެވެ. އަދި ރޭވުންތެރިކަމާއެކު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ތަރައްޤީގެ ކަންކަން ތަރުތީބު ކުރުން މުހިއްމު ކަމަށް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޙާމް

01-Dec-2020

ސާބަހޭ ޝަހީމް ހުވަދޫގެ ފަޙުރުވެރި ދަރީން މިފަހރު ދުދީގެން ނުވާނެ ހިފާލިގޮތަށް ދަމާގެންނަށް ވާނެ. ދެން ޝަރީފަށް ބުނެލަން އޮތީ އައްޑޫގެ އިންޓަނޭޝަނަލް އެެއާރޕޯޓުން އެއާރޓެކްސީގަ ހުވަދޫގެ އެކި މަންޒިލްތަކަށް ދިއުންތޯ ފީސެބުލް ވާނީ ނޫނީ ހުވަދޫގައި އިންޓާރނޭޝަނަލް އެއާރޕޯޓެއް ހަދައި ޑޮމެސްޓިކް ފުލައިޓުން ހުވަދޫ އައްޑޫ ގުޅާލުންތޯ ފައިދާބޮޑީ ތިޔަސިޔާސީ އަމިއްލަ އެނދުން ދޫކޮށްފަ މިޔަށް ޖަވާބެއްދެއްވާ އިނގޭތޯ. ޙަމަ ވިސްނޭ ކޮންމެ މީހަކށް މިކަމުގައި ދެބަސް ނުވެވޭނެ. ގިނަ ރިސޯޓު އޮތީ ހުވަދޫގައި. ޖަނާ މިހާރު މިބަހުސައް ކޮމެއްޓެއް ކުރާނެ ކަމުގެ އުނަމީދުގަ ވަރަށް ގިނަ ހުވަދޫ ރައްޔަތުން އެބަތިބި. ޖާނާއަކީ ގއ ގައި ގިނަ ރިސޯޓު ހިންގެ ވެރިޔާއަށް ވާތީ.



ޓްރެންޑިން