56 އަހަރުގެ އޭޝްލީ ވިލިއަމް އަދި 24 އަހަރުގެ ޖޫލީ ބެއްޓީ.
56 އަހަރުގެ އޭޝްލީ ވިލިއަމް އަދި 24 އަހަރުގެ ޖޫލީ ބެއްޓީ.
އިނގިރޭސިވިލާތުގައި އަމިއްލަ ލޯބިވެރިޔާ މަރާލުމުގެ ސަބަބުން 25 އަހަރުގެ ޖަލުހުކުމެއްގައި ހުރި 56 އަހަރުގެ އޭޝްލީ ވިލިއަމް ނަމަކަށްކިޔާ ފިރިހެނަކު، ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ.

ވިލިއަމަށް ކޮވިޑް ޖެހިގެން މަރުވި އިރު އޭނާ ގެންދަނީ ލޯބިވެރިޔާގެ ގައިގައި ރޯކޮށްލާ މަރާލުމުގެ ކުށުގެ 25 އަހަރުގެ ޖަލުހުކުމް ތަންފީޒު ކުރަމުންނެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ ލޯބިވެރިޔާ، އުމުރުން 24 އަހަރުގެ ޖޫލީ ބެއްޓީ ގައިގައި ރޯކޮށްލައި މަރާލުމުންނެވެ.

ޖޫލީ ގައިގައި ރޯކޮށްލާފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ބަދިގޭގައެވެ. އޭނާ ގައިގައި ރޯކޮށްލީ އެދެމީހުންގެ ކުޑަ ދެކުދިންގެ ކުރިމަތީގައެވެ. ވިލިއަމް އޭނާގެ ލޯބިވެރިޔާ މަރާލައިފައި ވަނީ ވިލިއަމްގެ 18 އަހަރުގެ ދަރިފުޅާއެކީ އުޅުމަށްޓަކައި ވިލިއަމް ދޫކޮށްލުމަށް ބޭނުންވުމުން ކަމަށް އޭނާގެ އިއުތިރާފުގެ ބަޔާނުގައި ކޯޓުގައި ބުނެފައިވެއެވެ.

ވިލިއަމް، ޖޫލީ ގައިގައި ރޯކޮށްލުމުގެ ކުރިން ޖޫލީގެ ގަޔަށް ޕެޓްރޯލް އަދި ޑީސެލް އަޅާފައިވެއެވެ. ރޯކޮށްލުމުން ސަލާމަތް ކޮށްދިނުމަށް އެދި ހަޅޭއްލަވަމުން ޖޫލީ މަގުމައްޗައް ނުކުތް މަންޒަރު ފެނިފައިވާ މީހުންވެސް ވިލިއަމް ކުށްވެރިކޮށް ކޯޓަށް ބަޔާން ދީފައިވެއެވެ. މި މައްސަލަ ނިންމާލަމުން ވިލިއަމް އަކީ ނުރައްކާތެރި މީހެއް ކަމަށް ކަނޑައަޅައި 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ޖަލު ހުކުން ތަންފީޒު ކުރަމުން ދަނިކޮށް ނޭވާލާން އުނދަނގޫވެގެން މިދިޔަމަހު ވިލިއަމް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެެވެ. އަދި ހޮސްޕިޓަލުން ކުރެވުނު ތަހުލީލުތަކުން ވިލިއަމަށް ކޮވިޑް ޖެހިފައިވާކަން ނިންމިތާ މާގިނަ ދުވަސްްތަކެއް ނުވަނީސް ވިލިއަމް ވަނީ މަރުވެފައެވެ.

މިދެމީހުން ލޯބީގެ ގޮތުން ގުޅުނީ ވިލިއަމްގެ އުމުރުން 40 އަހަރުގައެވެ. އަދި އެއިރު ޖޫލީގެ އުމުރުން 16 އަހަރެވެ. މި ދެމީހުން ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ކުދިން ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން