ހޮރައިޒަން ފިޝަރީޒުން ފަހުން ފައިސާދޭ ގޮތަށް މަސްގަތުން ހުއްޓާލައިފިއެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ 1 ޑިސެމްބަރު 2020 އިން ފެށިގެން އެކުންފުނީގެ ސައިޓަށާއި، ބޯޓުފަހަރުން ފަހުން ފައިސާދޭގޮތަށް މަސްގަތުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި މީގެފަހުން އެކުންފުނިން މަސް ގަންނާނީ ވަގުތުން ފައިސާ ދީފައެވެ.

މީގެކުރިން ހޮރައިޒަން ފިޝަރީޒުން މަސްގަންނަމުން ދިޔައީ ވަގުތުން ފައިސާ ދޭގޮތަށް މަސްކިލޯއެއް 14 ރުފިޔާއަށެވެ. އަދި 1 މަސް ފަހުން ފައިސާދޭގޮތަށް ނަމަ މަސް ކިލޯއެއް 15 ރުފިޔާ 50 ލާރި އަށެވެ.

26 ސެޕްޓެމްބަރު 2020 އިން ފެށިގެން ހޮރައިޒަން ފިޝަރީޒުން މަސް ގަންނަމުންދަނީ އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5ރ. ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް 14ރ. ރުފިޔާއަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް 13ރ. ރުފިޔާއަށެވެ.

އަދި 1.5ރ. ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނަނީ 5.50ރ. އަށެވެ. އައިސް ނާޅާ ގެންނަ 1.5ރ. ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15ރ. އަށެވެ.

ހޮރައިޒަން ފިޝަރީޒުން ފަހުން ފައިސާދޭ ގޮތަށް މަސް ގަތުން ހުއްޓާލާފައިވާއިރު، މިފްކޯ އިން ވެސް ވަނީ މަސް ކިރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދޭން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު