ޒިދާން މުޙައްމަދު   30 ނޮވެމްބަރު 2020 - 16:9
ލީފް ޓެއިލްޑް ގެކޯ | ގޫގުލް އިމޭޖެސް
ލީފް ޓެއިލްޑް ގެކޯ | ގޫގުލް އިމޭޖެސް
ބަލާބެލުމަށް ހީވާނީ ގަހެއްގެ ފަތެއްހެނެވެ. އާދޭހެވެ. ލީފް ޓެއިލްޑް ގެކޯގެ ނަމުން ނަންދެވިފައިވާ މި ހޯނު ގަހުގެ ތެރޭގައި އިންނައިރު ދެނެގަންނަން މާ ފަސޭހައެއް ނޫނެވެ. އެހެން ހޯނުތަކާއި ހިލާފައް މި ބާވަތުގެ ހޯނުގެ ނަގޫ އިންނަނީ ފަތެއްގެ ބައްޓަމަށެވެ. ލީފް ޓެއިލްޑް ޖެކޯގެ އިތުރަށް ސަޓަނިކް ލީފް ޓެއިލްޑް ޖެކޯވެސް މީގެ އެއް ބާވަތުގެ ހޯނަށް ކިޔާ އުޅެއެވެ. އަދި މި ހޯނަކީ މާހައުލާ އެއްގޮތަށް ކުލަ ބަދަލުކުރާ އެއްޗެއް ވެސް މެއެވެ.

މި ބާވަތުގެ ހޯނު އާންމު ގޮތެއްގައި ފެންނަނީ މަޑަގަސްކަރައިންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ފެންނަނީ ވެސް އެ ގައުމުން އެކަންޏެވެ.

ލީފްޓެއިލްޑް ގެކޯ އާންމުކޮށް ކައި އުޅެނީ ފަނި ފަކްސާއާއި ހިނި އަދި ކުދި ކޮކާ ފަދަ ތަކެއްޗެވެ. މި ހޯނުގެ އެންމެ ބޮޑެތި ދުޝްމަނުންނަކީ، ބަކަ މޫނު، ހަރުފަ، ބާޒް ފަދަ ތަކެެއްޗެވެ. މި ތަކެތި މި ބާވަތުގެ ހޯނަށް ހަމަލާ ދީ ސިކާރަކޮށް ކައި އުޅެއެވެ. ލީފް ޓެއިލްޑް ޖެކޯ އާންމުގޮތެއްގައި އަޅަނީ ދެ ބިހެވެ. އަދި 60 -70 ދުވަސް ތެރޭގައި ބިސް ފީވެ ވިހައެވެ.

ލީފް ޓެއިލްޑް ގެކޯއަކީ ގާނޫނާ ހިލާފަށް ޖަންގަލީގެ ދިރުންތައް ވިއްކުމަށް ކުރާ ވިޔަފާރިތަކުގައި ވަރަށް ޑިމާންޑް ބޮޑު ބާވަތެކެވެ. ނަމަވެސް މިއީ ރާއްޖޭގައި ވިއްކަން ނުހުންނަ ބާވަތެކެވެ. ޖަނަވާރުން ވިއްކުމަކީ ގިނަ ގައުމުތަކުގެ ގާނޫނުން މަނާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން