ޓިޗެން (ވ)
ޓިޗެން (ވ)
އިނގިރޭސި ވިލާތުގައި ކޯވިޑް-19 ޖެހިގެން ރަނގަޅުވި އެންމެ ދޮށީ އުމުރުގެ މީހަކަށް އެގައުމުގެ 106 އަހަރުގެ އަންހެނެއްކަމަށްވާ ކޮނީ ޓިޗެން ވެއްޖެއެވެ.

ސީއެންއެން އިން ބުނެފައިވާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވިތާ 3 ހަފްތާތެރޭގައި އިނގިރޭސި ވިލާތުގެ ބަރމިންގްހަމް ސިޓީ ހޮސްޕިޓަލުން ޓިޗެން ނުކުތީ ބަލިން މުޅިން ރަނގަޅުވެގެންނެވެ. ސޭންޑްވެލް އެންޑް ވެސްޓް ބަރމިންގްހަމް އެންއެޗްއެސް ޓްރަސްޓުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޓިޗެން އަކީ އެހޮސްޕިޓަލުން ފަރުވާ ލިބުނު އެންމެ ދުވަސްވީ މީހާކަމަށާއި، ގަބޫލުކުރެވެނީ އެގައުމުންވެސް ބަލިން ރަނގަޅުވި އެންމެ ދުވަސްވީ މީހާކަމުގައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ހޮސްޕިޓަލުގެ ނަރުހުން ވަނީ ޓިޗެންއަށް ވަރަށް ކުލަ ގަދަކޮށް އަލްވަދާޢު ކިޔާފައެވެ. ހޮސްޕިޓަލްގެ ސްޓޭޓްމަންޓުގައި ބުނެފައިވާގޮތުގައި ޓިޗެން އުފަންވެފައިވަނީ 1913ގައެވެ. އަދި އޭނާ ވަނީ ދުނިޔޭގެ ބޮޑު ދެހަނގުރާމަދެކެފައެވެ. ހޮސްޕިޓަލުން އިތުރަށް ބުނީ މާރޗް މަހުގެ މެދުތެރޭގައި ޓިޗެން އެޑްމިޓްކުރީ ނިއުމޯނިއާއަށް ޝައްކުކުރެވިގެން ކަމަށާއި، ލަހެއް ނުވެ ކޯވިޑް-19 އަށް އޭނާ ޕޮޒިޓިވްވެފައިވާކަމަށެވެ.

ދުނިޔޭގައި 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ މި ވައިރަހަށް ޔޫކޭއިން ޕޮޒިޓިވްވެފައިވަނީ 103،093 މީހުންނެވެ. އަދި އެގައުމުން 13،729 މީހަކު ބަލީގައި މަރުވެފައިވާއިރު، މުޅި ދުނިޔެއިން ޖުމްލަ 141،915 މީހުން ބަލީގައި މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން