1998 ވަނަ އަހަރު އޮސްޓްރޭލިއާގައި އުމުރުން 14 އަހަރުގައި އާއިލާއަށް ފިލި ޒުވާން ނަތާޝާ އަދި ފަސް އަހަރު ފަހުން އޭނާ ފެނިގެންދިޔަ ކަބަޑު.
1998 ވަނަ އަހަރު އޮސްޓްރޭލިއާގައި އުމުރުން 14 އަހަރުގައި އާއިލާއަށް ފިލި ޒުވާން ނަތާޝާ އަދި ފަސް އަހަރު ފަހުން އޭނާ ފެނިގެންދިޔަ ކަބަޑު.
1998 ވަނަ އަހަރު އޮސްޓްރޭލިއާގައި އުމުރުން 14 އަހަރުގައި އާއިލާއަށް ފިލި ޒުވާން އަންހެން ކުއްޖާ ފެނުނީ ފަސް އަހަރު ފަހުން ކަބަޑެއްގެތެރެއިންނެވެ. އަދި މިކުއްޖާގެ ވާހަކަ ވެގެންދިޔައީ އާދަޔާ ހިލާފު ވާހަކަ އަކަށެވެ.

ނަތާޝާ ނަމަކަށް ކިޔާ މިޒުވާން އަންހެން ކުއްޖާ ގެއްލުނު ކަމަށް ނިންމާފައިވަނީ 1998 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވަނީ އެއަހަރުގެ އޮގަސްޓް މަހު އޭނާ ސްކޫލަށް ދިއުމަށް ފަހު ގެއަށް ނައުމުންނެވެ.

ގެއްލުމުގެ ކުރިންވެސް ނަތާޝާ ވަނީ ގެއިން ފިލަން މަސައްކަތް ކޮށްފައެވެ. އެފަހަރުގެ ހާދިސާގައި ދެދުވަސް ތެރޭގައި އޭނާ ފެނިފައިވެއެވެ. އަދި އެމަސައްކަތުގައި އެހީތެރިވެދިންކަމަށް ބުނާ ނަތާޝާގެ ލޯބިވެރިޔާ ސްކޮޓް ވަނީ 1000 ޑޮލަރުން ޖޫރި މާނާވެސް ކޮށްފައެވެ.

ނަަމަވެސް ފަސް އަހަރު ދުވަހަށް ނަތާޝާ ގެއްލުނު ހާދިސާގައި ޝައްކުކުރެވިފައިވަނީ އެދުވަސްވަރު މަޝްހޫރުވެގެންދިޔަ އޮސްޓްރޭލިއާގެ ސީރިއަލް ކިލަރ އެއް ކަމަށްވާ ލިއޮނާޑް ޖޯން ފްރޭސަރގެ މައްޗަށެވެ. ލިއޮނާޑް ޖޯން ފްރޭސަރ ވަނީ އޮސްޓްރޭލިއާގައި ޅައުމުރުގެ އެތައް އަންހެން ކުއްޖަކު ހައްދައިގެން ގެންގޮސް ރޭޕް ކޮށް މަރައިފައެވެ.

ނަމަވެސް ނަތާޝާ ހޯދުމުގެ މަސައްކަތް ދިޔައީ ހުއްޓުމެއްނެތި ކުރިއަށެވެ. މިގޮތުން އޭނާ ހޯދުމަށް ހަތަރު ލައްކައެއްހާ ޑޮލަރު ހޭދަވިކަަމަށް އާއިލާގެ ފަރާތުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން 100 އެއްހާ މީހުން ނަތާޝާ ހޯދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވެސް ވެއެވެ.

ނަތާޝާ ހޯދުމުގައި ދެ އަހަރު ދުވަސް ވޭތުވެދިޔައިރުވެސް ނަތާޝާ ނުފެނުމުން މަރުވީކަމަށް ނިންމައި ނަތާޝާގެ ޖަނާޒާވެސް ބާއްވާފައިވެއެވެ. މިއާއެކު މުޅި އާއިލާއިން ވަނީ ނަތާޝާ ދެން ފެނިދާނެކަމާމެދުވެސް އުއްމީދު ކަނޑައިލައިފައެވެ.

ނަތާޝާ މަރުވީކަމަށް ނިންމިތާ ދެ އަހަރު ފަހުން ނަތާޝާ ފެނުނީ އޭނާގެ ގެއާއި 4 ކިލޯމީޓަރު ދުރުންނެވެ. އޭރު ނަތާޝާ ގެއްލުނުތާ 4 އަހަރާއި 8 މަސްދުވަސް ވެދާނެއެވެ. ނަތާޝާ ފެނިފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއެކު ގެއެއް ބަލާފާސް ކުރަމުން ދަނިކޮށް އެގޭގެ ކަބަޑެއްގެތެރެއިންނެވެ.

ނަތާޝާ ސަލާމަތް ވުމުން އޭނާ ވަނީ ސީރިއަލް ކިލަރ ލިއޮނާޑް ޖޯން ފްރޭސަރގެ މައްޗަށް ކޯޓުގައި ހިނގަމުން ދިޔަ ތަހުހީގަށް ނަތާޝާގެ ބަޔާނެއްވެސް ދީފައެވެ.

ނަތާޝާގެ ބަޔާނުގައި ލިއޮނާޑް ޖޯން ފްރޭސަރ ނުދަންނަ ކަމަށް ބުނެފައިވެއެވެ. އަދި އޭނާ އުޅެމުންދިޔައީ އަމިއްލަ އިހްތިޔާރުގައި ނަތާޝާގެ ލޯބިވެރިޔާ ސްކޮޓް އާއެކު ފިލައިގެން ކަމަށްވެސް ބުނެފައިވެއެވެ. މިގޮތުން ގޭގައި އަބަދުވެސް ދޮރުތައްލައްޕައި ފޮތިގަނޑުތައް ކަހާ ބޭރުން ގޭތެރެ ނުފެންނަށް ގޮތައް ހަދައިފައިވާކަމަށްވެސް ނަތާޝާ ބުނެފައިވެއެވެ. މީގެ އިތުރުން ގެއައް މީހުން ޒިޔާރަތް ކުރާކަން އެނގިއްޖެ ނަމަ ކަބަޑަށް ވަދެ ފިލަނީ ކަމަށްވެސް ނަތާޝާ ބުނެފައިވެއެވެ.

ނަތާޝާގެ ބަޔާނަށްފަހު ނަތާޝާގެ ލޯބިވެރިޔާ ސްކޮޓް ވަނީ ނަތާޝާ ވީތަނެއް ނޭނގޭކަމަށް ބުނެ ދޮގުހަދައިފައި ވާތީ 3000 ޑޮލަރުން ޖޫރިމާނާ ކޮށްފައެވެ. އަދި ފުލުހުންނަށް ބޭކާރު ގޮތުގައި ތަހުގީގެއް ކުރަންޖެހުމުގެ ބަދަލުގެގޮތުގައި 16،000 ޑޮލަރުވެސް ދައްކަަން ޖެހުނެވެ. 12 މަސް ދުވަހުގެ ޖަލުހުކުމެއް ސްކޮޓް އަށް ވަނީ އިއްވާފައެވެ.

ސްކޮޓްގެ 12 މަސް ދުވަހުގެ ޖަލު ހުކުމް ނިންމާލުމަށްފަހު 2008 ވަނަ އަހަރު ސްކޮޓް އަދި ނަތާޝާ ވަނީ ކައިވެނި ކޮށްފައެވެ. އަދި މިކައިވެންޏަށް މިހާރު ތިން ކުދިންވެސް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން