އައްޑޫ ސިޓީގެ އެމްޑީޕީ ރައީސް އަހުމަދު އަދުހަމް
އައްޑޫ ސިޓީގެ އެމްޑީޕީ ރައީސް އަހުމަދު އަދުހަމް
އައްޑޫ އެއަރފޯޓް ތަރައްގީވެގެން ދާތަންބަލަން މިތިބީ ކެތްމަދުވެފަައިކަމަށް އައްޑޫ ސިޓީގެ އެމްޑީޕީ ރައީސް އަހުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަދުހަމް މިހެން ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކޮށްގެން އެއިން ދިވެހިރާއްޖެއަށް މަންފާއާއި ފައިދާ ލިބޭނެކަމާއި މެދު ޝައްކުނުކުރަށްވާކަމަށް އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެނެވެ.

"ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ގުދުރަތީ ރީތިކަން އެންމެ ބޮޑު އެއް އަތޮޅަކީ އައްޑޫ ސިޓީކަމާއިމެދު ޝައްކެއް ނުކުރަން. އައްޑޫ ސިޓީގެ ގުދުރަތީ އުފެދުން އެހެން ހުރިހާ ރަށަކާއި ތަފާތުވާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކޮށްގެން އޭގެން ދިވެހިރާއްޖެއަށް މަންފާއާއި ފައިދާ ލިބޭނެކަމާއި މެދު ޝައްކެއް ނުކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅަށް އިޝާރާތްކުރައްވައި އަދުހަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިހްލާސްތެރި މިފަދަ ބަސްތަކަށްވުރެ އައްޑޫ ރަޔިތުންގެ އިހުސާސް މިވަގުތު މާބޮޑުކަމަށެވެ. އަދި ބޮޑު އުއްމީދާއެކު ގެނައި މިސަރުކާރުން އައްޑޫގެ އިގްތިސާދުގެ މައިދޮރާށި ކަމަށްވާ އައްޑޫ އެއަރފޯޓް ތަރައްގީވެގެން ދާތަންބަލަން މިތިބީ ކެތްމަދުވެފައިކަމަށް އަދުހަމް ވިދާޅުވިއެވެ.



އައްޑޫ އެއަރފޯޓް ތަރައްގީވެގެން ދާތަންބަލަން ކެތްމަދުވެފައި ތިބިކަމަށް އައްޑޫ ސިޓީގެ އެމްޑީޕީ ރައީސް ވިދާޅުވެފައިމިވާއިރު އައްޑު އަތޮޅުގައި މިހާރުވެސް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފާތީ އަތޮޅުގެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީވެ ކުރިއަރާނީވެސް ގަން އެއަރޕޯރޓަށް ބޭރު ގައުމުތަކުން އަންނަ ފްލައިޓްތައް ޖައްސައިގެން ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން