ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ކަންބޮޑުވުންތައް ހައްލުކޮށް ދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެެެއެވެ.

ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބައެއް ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނެވެރިންނާ، މިދިޔަ މަހުގެ 22 ގައި ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ނަސީމް މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެ ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކޮށްފައިވާއިރު އެކަން ކަމަށް ރިއާޔަތްކޮށް، މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާ ގާތް އަމިއްލަވަންތަކަމުގެ އިހުސާސް ލިބިދޭ ތަނަކަށް ބަދަލުކުރުމުގެ އަމާޒު ހިފާނެ ކަމުގެ ޔަގީންކަން ނަސީމް ދެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތެލެސީމިއާ ސެންޓަރުން ލިބެން ޖެހޭ ހިދުމަތްތައް ލިބުމުގައި ހުރި ދަތިތަކާއި ޖާގައިގެ ދަތިކަމުގެ އިތުރުން ތަނުގެ މެނޭޖްމަންޓާ ގުޅުން ހުރި ޝަކުވާތައް މީޑިޔާގައި މީގެކުރިން ފެންމަތިކޮށްފައި ވެއެވެ.

ކޮވިޑް-19އާ ގުޅިގެން ކުރި ލޮކްޑައުން އާއި ލޮކްޑައުން އަށް ލުއިދިން ފަހުން ވެސް ލޭ ލިބމުގައި ދަތިތައް ކުރިމަތިވެގެން ވެސް ތެލެސީމިއާ ސެންޓަރުން އެކަން ހާމަކޮށްފައިވެއެވެ. ނަމަވެސް އެ ސެންޓަރުން ބުނެފައިވަނީ މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ.

ތެލެސީމިޔާ ސެންޓަރުގެ ޚިދުމަތް ރަނގަޅުކޮށް އެތަނުން ޚިދުމަތް ހޯދާ ކުދިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދޭން މަސައްކަތް ކުރާ ވާހަކައަކީ ދޭތެރެ ދޭތެރެއިން އަޑު އިވެމުންދާ ވާހަކައެއް ނަމަވެސް އެއީ މާބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމެއްނޫންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ކުދިން

30-Nov-2020

ތެލިސީމިޔާ ކުދިންނަކީ ކޮންމެ ސަރުކާރަކު އައިކަމުގައި ވީނަމަވެސް އެހީތެރިކަމައްބޭނުންވާ ބައެކެވެ. މިކުދިންނައް އެހީތެރިކަ ވެދެއްވާ ؛



ޓްރެންޑިން