ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ވޯޓު ފޮށިން މިއަދުގެ ސަރުކާރު ބަލިކޮށްލުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން މިކަމަށް ގޮވާލެއްވީ، އެމަނިކުފާނު ޖަލުގައި އޮންނަވާތާ އެއް އަހަރު ފުރުމާއި ދިމާކޮށް، އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

ޔާމީންގެ ސަޕޯޓަރުންނަށް ފޮނުއްވި މެސެޖުގައި އެމަނިކުފާނު އެދިވަޑައިގެންނެވީ ވޯޓް ފޮށިން އެމްޑީޕީއާއި ސަރުކާރު ކޯލިޝަން ބަލިކޮށްދެއްވުމަށެވެ. އަދި އެއީ އެމަނިކުފާނަށް ޓަކައި ކޮށްދެވޭނެ އެންމެ މުހިއްމު މަސައްކަތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.



ރައީސް ޔާމީންގެ ހާއްސަ މެސެޖެއް ރައްޔިތުންނަށް ދެއްވާފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ޤުރުބާނީއެއް ވެވަޑައިގަންނަވާނެ ކަމުގައާއި ރާއްޖެ ދޫކުރައްވައި ފިއްލަވައިވަޑައިނުގަންނަވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގައި މި ސަރުކާރު ބަލިކުރުމަށް، ސާބިތުކަމާއި ހިތްވަރާއެކު މަސައްކަތްކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެމަނިކުފާނު ޖަލަށް ލިތާ މިއަދު 1 އަހަރު ފުރިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ "ރައީސް ޔާމީންއަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖެ" މިނަމުގައި މުޅި ރާއްޖޭގައި މިއަދު މުޒާހަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޝައްފާނު

29-Nov-2020

ޔާމީނުގެ ވިސްނުންހުރީ އަދިވެސް ޖައްބާރުކަން ދެއްކުމަށް. ޤައުމުގެ ވެރިކަންލިބުމުން ދައލަތުގެ ޚަޒާނާ އަށް ޚިޔާނަތްވެފަ އަދިވެސް ލަދުނުގަންނަނީބާ!



ޓްރެންޑިން