ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އެއަރޕޯރޓް ކުއްޔަށް ދިން ޖީއެމްއާރް ކުންފުނީގެ އިސް ބޭފުޅުންނާއެކު އެއަރޕޯރޓްގައި
ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އެއަރޕޯރޓް ކުއްޔަށް ދިން ޖީއެމްއާރް ކުންފުނީގެ އިސް ބޭފުޅުންނާއެކު އެއަރޕޯރޓްގައި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ހަދައިގެން ރާއްޖެ މިއޮތީ ދަރާއި ވިކިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރުން ހިމެނޭ ދާއިރާތަކުގައި އެއަރޕޯޓްތައް ގާއިމްކުރުމާއި ގުޅޭގޮތުން މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއަރޕޯޓްތައް ގާއިމްކުރުމުގެ ކުރިން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުންނަކަމަށެވެ. އަދި ކޮންމެ ރަށަކީ ވަކި ގައުމަކަށް ބަލައިގެން އެކަން ނުކުރެވޭނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދުނިޔޭގައި އެއާޕޯޓެއް ރަނގަޅަށް ދެކޮޅު ޖެހެނީ، ކޮންމެވެސް އަދަދަކަށް އެއަށް މީހުން އައިމާ. ކޮންމެ ރަށަކީ ވަކިގައުމެއް ނޫން. އަދި ރާއްޖޭޭގެ ކޮންމެ އަތޮޅަކީ ވެސް ވަކި ގައުމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށްވެސް އަންނަނީ ދެ މިލިއަނެއްހާ މީހުންކަމަށާއި، އެވަރުންވެސް އެއަރޕޯޓްގެ ކަންކަން ދެކޮޅު ނުޖެހިގެން އުޅޭ މަންޒަރު ފެންނަމުންދާކަމަށެވެ. އަދި އެ އެއަރޕޯޓް ތަރައްޤީ ކުރަން ހަދައިގެން ރާއްޖޭގެ ދަރަނިތައް އިތުރުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ އެއަރޕޯޓް ތަކަށް މިއަންނަނީ އެއް މިލިއަން ނޫނީ ދެ މިލިއަނެއްހާ މީހުން. އެއީ މާލޭގެ އެއަރޕޯޓަށް. އެވަރުންވެސް އެތަން ދެކޮޅު ނުޖެހިގެން، އެތަން ތަރައްގީ ކޮށްގެން މުޅި ދިވެހިރާއްޖެ އަށް މިއުޅެނީ އެކަން ނުވެގެން. ދިޔަބޮނޑީގައި ގޮސް އެތަނާއި ހުރެ އިންތިހާއަށް ދަރަނިވެގެން ގޮސް، މި ހުޅުލޭ އެއަރޕޯޓުގެ މައްސަލައާ ހުރެ އަޅުގަނޑުމެން އެއޮތީ މިހާރު ދަރާފައި އޮތް މިންވަރާއި އެ އަނބުރާ ދެއްކޭނީ ކޮންގޮތަކާއިމެދުވެސް އަޅުގަނޑުމެން މިދަނީ ކަންބޮޑުވުން ހާމަކުރަމުން." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، މަދު ބައެއްގެ ހިތްހަމަ ޖެހުމަށްވުރެ، މުޅި ރާއްޖެއަށް ވިސްނައިގެން ކުރިއަށްދާންޖެހޭކަން ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރުގައި، ކޮންކޮން ތަނެއްގައިތޯ އެއަރޕޯޓް ގާއިމްކުރެވެން ޖެހޭނީ، އެއީ އަޅުގަނޑުމެން ރަށުގެ ގޮނޑުދޮށާއި ހިސާބަށް ނުވިސްނާ، އެއަށްވުރެ ދުރަށް ވިސްނައިގެން ނިންމަން ޖެހޭ ނިންމުމެއް. އެއީ އަޅުގަނޑުމެންނަށް ވޯޓްދޭން ތިބި ހަތަރު މީހުންގެ ހިތްހަމަޖެއްސުަމަށް އެކަނި ކުރާކަމަކަށް ވެގެން ނުވާނެ. މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.



އެއަރޕޯޓްތައް ތަރައްގީކުރުމާއިމެދު ރައީސް ނަޝީދުގެ ހިޔާލުފުޅު ހާމަކުރަށްވާފައި ވާއިރު ، އެމަނިކުފާނުގެ ހިޔާލާއި ސަރުކާރުގެ ހިޔާލު މިކަމުގައި ވަރަށް ތަފާތުކަން ފާހަގަވެއެވެ. ރައީސް ސާލިހުގެ ސަރުކާރުން ދެކޭގޮތުގައި އެއަރޕޯޓްތައް ތަރައްގީކުރުމުގައި ރައީސް ޔާމީން ގެންގުޅުއްވީ ރަނގަޅު ސިޔާސަތެކެވެ. އެހެންކަމުން މިސަރުކާރުގެ ސިޔާސަތަކީވެސް ފުރައިގެން 20 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯރޓެއް ހެދުމުގެ ސިޔާސަތުކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްއައްޔޫމްގެ އެއަރޕޯޓް ސިޔާސަތު ރަނގަޅުކަމަށާއި މި ސަރުކާރުން ވެސް އެސިޔާސަތު ހިންގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ބަނޑޮސް ރިސޯޓުގައި ކުރިއަށްދިޔަ މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 20 މިނެޓުން އެއް ރަށުން އަނެއް ރަށަށް ދެވޭ ވަރަށް އެއަރޕޯޓްތައް ތަރައްރީކުރުން ކަމަށެވެ. އަދި ހަމައެއާއެކު ކަނޑުދަތުރުގެ ރަނގަޅު ފެރީގެ ނިޒާމެއް ގާއިމުކޮށް، ވަޔާއި ކަނޑުގެ އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކިނބޫ

02-Dec-2020

އެއަރޕޯޓުވެސް ހަދާނެ. އެހެން ކަންތައްވެސް ކުރާނެ. ކަލެއަކަށް ނޭނގޭނެ ކުރަންވާ ކަންތަކެއް.


9

ޔާމީން

29-Nov-2020

އުމުރު ދުވަހު މާލެ މީހުންނައް އެޔާޕޯޓުން އިންކަމް ލިބިއްޖެ.. އަދިވެސް ބަނޑު އަޅާލެވޭ ވަރު މަދުވެގެން ދޯ ތިޔައުޅެނީ.. ތިހެންތެޅިތެޅި ހުއްޓާ ރާއްޖެތެރެ ކުރިޔައް ގޮސް މާލެ ބަނޑައް ޖެހިދާނެ


14

ސަނާ

28-Nov-2020

ނޫނޭ ސަނީފު މެން ކަހަލަ ކޮސް މެމްބަރުން ރުއްސަން އޭގެ ކޮންމެ މީހެއްގެ އުނގުގައި އެއަރޕޯޓޭ ހަދަންވާނެ



ޓްރެންޑިން