ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާރިޖީ ސިޔާސަތަކީ ރާއްޖެ ދުށް އެންމެ ހަރުދަނާ ހާރިޖީ ސިޔާސަތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްކުރުމުގައިިވެސް އިސް ދައުރެއް އަދާކުރެއްވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ މިހެން ވިދާޅުވީ، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެނެވެ.

ޝަރީފް ވިދާޅުވީ ޗައިނާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އޮންނަ ގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.



ޝަރީފްގެ ވާހަކައަށް އިޝާރާތްކުރައްވައި ޑީޑީ ވިދާޅުވީ، އެއީ ވަރަށްވެސް ރަނގަޅު ވާހަކައެއް ކަމަށެވެ. އަދި މިސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ރާއްޖެއިން ހުރިހާ ގައުމަކާއެކުވެސް ރަހުމަތްތެރި ގުޅުމެއް ބާއްވަންޖެހޭކަމަށް ޑީޑީ ވިދާޅުވިއެވެ.



ޑީޑީ ވިދާޅުވީ މިހާތަނަށް ރާއްޖެ ދުށް އެންމެ ހަރުދަނާ ހާރިޖީ ސިޔާސަތު ގެންގުޅުއްވީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށެވެ.

ޑީޑީގެ ވާހަކައާއި ގުޅިގެން ރައީސް މައުމޫން ވަނީ އެކަމަށް ޝުކުރުވެސް އަދާކުރަށްވާފައެވެ.



ހުރިހާ ގައުމަކާއެކުވެސް ރަނގަޅު ގުޅުމެއް ބާައްވަން ތަޖުރިބާކާރުން ގޮވާލަމުންދިޔަނަމަވެސް މިހާރުގެ ސަރުކާރުން ހަމައެކަނި އިންޑިއާއަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފަޑުކިޔަމުންނެވެ. ސަރުކާރުން ގެންގުޅޭ އިންޑިއާއަށް އެކަނި ބަރޯސާ ވުމުގެ ޚާރިޖީ ސިޔާސަތާއެކު އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ނަމަވެސް ޗައިނާއިން ބުނަމުންދަނީ އަބަދުވެސް ރާއްޖެއާއެކު ރަނގަޅު ގުޅުމެއް ބާއްވާނެކަމަށާއި، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެހީތެރިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން